ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަހުވަދޫގައި ރުއް ބޭރު ކުރަން ހުއްދަ ދިނީ ޝަރުތުތަކަކާއި އެކު: އީޕީއޭ

ދ. ކުޑަހުވަދޫގައި ކަނޑާލި ރުއްތައް/ ފޮޓޯ:- ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ދ. ކުޑަހުވަދޫގައި ޖުވެނައިލް ސެންޓަރު ގާއިމު ކުރަން ހޯމް މިނސިްޓްރީއިން ދޫކޮށްފައިވާ ބިމުގައި ހުރި ރުއްތައް ކަނޑައި ބޭރު ކުރުމަށް ހުއްދަ ދީފައިވަނީ ޝަރުތުތަކަކާއި އެކު ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފިއެވެ.

ދ. ކުޑަހުވަދޫން ގިނަ އަދަދެއްގެ ރުއް ރަށުން ބޭރުކުރަން އުޅެނިކޮށް، އެކަން ހުއްޓުވާފައި ވަނީ ހުކުރު ދުވަހު އެވެ. ރަށުގައި ޖުވެނައިލް ރެސިޑެންޓް ސެންޓަރު އެޅުމަށް ހޯމް މިނިސްޓްރީއަށް ދޫކޮށްފައިވާ ބިމުގައި ހުރި 200 ރުއް ނެގުމުގެ ހުއްދަ އީޕީއޭއިން ދިނީ އެ ރުއްތައް އެހެން ސަރަހައްދެއްގައި އަލުން އިންދަން ޖެހޭ ގޮތަށެވެ. ނަމަވެސް އެ ރުއްތައް ރަށުން ބޭރު ކުރުމުގެ މަސައްކަތް ކުރަނިކޮށް، ކައުންސިލާއި ރައްޔިތުން އަދި ފުލުހުން ނިކުމެ އެކަން ހުއްޓުވީ އެވެ.

ކައުންސިލް މެމްބަރުން ސޯޝަލް މީޑިއާގައި އެކަމުގެ ނުރުހުން ފާޅުކޮށް ބުނީ، ރުއްތައް ރަށުން ބޭރު ކުރަން އުޅުނީ ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި ކަމަށެވެ. މެމްބަރުން ތުހުމަތު ކުރި ގޮތުން، އެ ހުއްދަ ދިނީ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ އެވެ.

ކައުންސިލްގެ ބައެއް މެންބަރުން އޭރު ބުނީ، ރުއްތައް ރަށުން ބޭރު ކުރަން އުޅުނީ ކައުންސިލްގެ އެއްވެސް މެންބަރެއް އަދި ރައްޔިތުންގެ ވެސް މަޝްވަރާއެއް ނެތި އަދި އީޕީއޭގެ ވެސް ހުއްދައާ އެކު ނޫން ކަމަށެވެ. އަދި އެކަން ކުރުމުގެ ހުއްދަ ދިނީ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ކަމަށް އެ މީހުން ބުނެ އެވެ.

“ސަނގު” އާއި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓާރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ގަސް ބޭރު ކުރުމުގެ ހުއްދަ ދިނީ ވަކި ޝަރުތުތަކަކާއި އެކު ކަމަށެވެ. އެއީ ހިމެނެނީ ނަގާ ރުއް ގަހުގެ %30 ރަށުގައި އިންދުމެވެ. އަދި ރޭގަނޑު މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރަށުގެ އާއްމުންނަށް އުންދަގޫ ނުވާގޮތަށް ކުރިއަށް ގެންދިއުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ބޭރުކުރާ ކޮންމެ ގަހެއް އަދި ރުކެއްގެ އަދަދާއި ރުކުގެ އަހަރު އެނގޭނެ ގޮތަށް ފާހަގަ ކުރުމާއި، ރަށުގެ ހޭޅީގެ ގޮނޑުދޮށަަށް ހެދިފައިވާ ރުއްގަހުން ފެށިގެން 20 މީޓަރު ފުޅާ ސަަރަހައްދުގައި ހުރި އެއްވެސް ބާވަތެއްގެ ރުއްގަހެއް ނުނެގުން ޝަރުތުކޮށްފައި ވެއެވެ. އަދި ނަގާ ރުކުގައި އެއްވެސް ވަރަކަށް ރުކުމަޑި ހުރި ނަމަ އެ ރުއްތައް ރަށުން ބޭރު ނުކުރެވޭނެކަމަށް އީޕީއޭއިން ބުނެފައި ވެއެވެ. 

ނައީމް ވިދާޅުވީ ރަށްތަކުގައި ހުންނަ ގަސް ކެނޑުން އެއީ ގަވައިދާއި ހިލާފު އަމަލެއްކަމަށާއި އެފަދަ މައްސަލަ އެ އޭޖެންސީން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އީޕީއޭ ގެ ހުއްދަ އާއި އެކު، ގަވާއިދާއި ޝަރުތުތަކާއި އެއްގޮތަށް ރުއް ކަނޑައި ބޭރުކުރުމަށް އެ އިދާރައިގެ އެއްވެސް އިއުތިރާޒެއް ނޯންނާނެކަމަށް ނައީމް ވިދާޅުވި އެވެ.

ކުޑަހުވަދޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރަށުގައި ހިއްކާފައިވާ ބޮޑު ބިމެއް އޮއްވައި އެތަނުގައި ރުއްތައް އިންދުމުގެ ބަދަލުގައި ކަނޑާފައިވާ ރުއްތައް ރަށުން ބޭރުކުރާކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: