ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތަށް ކުޑަކަމުދިޔަ މީހާގެ މައްސަލަ އަނބުރާ ފޮނުވާލައިފި

ހަތިމަށްކުޅޫ ޖެހުމުން އާންމުން އޭނާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މީހާގެ މައްޗަށް ދައުވާކޮށްދޭން ފޮނުވި މައްސަލަ ޕީޖީ އޮފީހުން އަނބުރާ ފުލުސް އޮފީހަށް ފޮނުވާލައިފި އެވެ.

މިސްކިތަށް ކުޑަކަމުދިޔަ މައްސަލައިގައި މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 28 ގަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލަ އަނބުރާ ފޮނުވާލީ ބައެއް ކަންކަން އިސްލާހުކުރުމަށް ކަމަށެވެ. ނަމަވެސް އިސްލާހުކުރަންޖެހޭ ކަންކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު ފަހުން އޭނާ ދޫކޮށްލާފައިވާއިރު، އޭނާ ވަނީ އިއްޔެ މިސްކިތަަކަށް ވަދެ ހަތިމަކަށް ކުޅު ޖަހާފައެވެ. އެއާއެކު އޭނާ އަނެއްކާވެސް ވަނީ ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: