ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލު ކުދިންނަށް ވަކިން ބަހުގެ ހިދުމަތް ދިނުމާއި ބެހޭ އުސޫލެއް!

މާލެއާއި ހުޅުމާލެ. ހުޅުމާލެ ފޭސް ދޭއެއް އާއި ދެމެދު ބަހުގެ ހިދުމަތްތައް ކުރޭ އަދި އެއާޕޯޓަށް ވެސް ބަސް ދަރުރުތައް ކުރޭ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ވަކި ބަހެއް ދުއްވުމުގެ ހުއްދަ ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

އާންމު ދަތުރުފަތުރުގެ ގޮތިގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދަށަ ގެނެސްފައިވާ ބަދަލުގައި، ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ވަކި ބަހެއް ދުއްވުމަށް ހުއްދަ ދީފައިވަނީ ވަކި ޝަރުތު ތަކެއްގެ މަތިންނެވެ.

އެގޮތުން ގަޒެޓު ކުރެވިފައިވާ ގަވާއިދުގައި ސްކޫލް ބަހެއްކަން އެނގޭ ފަދަ ނަން ބޯޑެއް ފަސޭހަކަމާއެކު ފެންނަގޮތަށް ބަހުގައި ހަރުކޮށްފައި ހުންނަންވާނެކަމަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މަޝްވަރާކޮށް ސްކޫލުތަކާއި އެންމެ ކައިރިއަށް ބަސް ހުއްޓާ ގޮތަށް އިންތިޒާމް ހަމަ ޖައްސަން ޝަރުތުކޮށްފައިވެއެވެ.

ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ އުސޫލެއްގެ މަތިން ޚިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތުން ސްކޫލުތަކަށާއި ބެލެނިވެރިންނަށް އަންގަން ވާނެކަމަށް ގެޒެޓުގައި ބަޔާންކޮށްފައިވެއެވެ. ބަހުގެ ހިދުމަތް ހޯދާ ކޮންމެ ދަރިވަރެއްގެ އަތުގައި ސްކޫލް ކުއްޖެއްކަން އަންގައިދޭ ފޮޓޯޖެހި ކާޑެއް އޮތުން، ބަސް ދަތުރުކުރާ ރޫޓާއި ނަންބަރު، ބަސް ދަތުރުކުރާ ގޮތުގެ ތާވަލު، ބަސްދަތުރުގެ އަގު (އެއްކޮޅު، ދެކޮޅު، ދުވަހު ފާސް، ހަފުތާ ފާސް، މަހު ފާސް، އަހަރު ފާސް) ފަދަ މުހިންމު ކަންތައް ބެލެނިވެރިންނަށް އަންގަން ވާނެއެވެ. އަދި ސްކޫލު ކުދިން ބަހުގައި ދަތުރުކުރާއިރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައިފައިވާ ގޮތްވެސް ބެލެނިވެރިންނަށް އަންގަން ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން ސްކޫލް ކުދިންނަށް ހާއްސަ ބަހެއް ތައާރަފު ކުރާނަމަ، ހާއްސަ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭނެ ކަމެއްވެސް ގެޒެޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ސްކޫލް ބަހަކީ ސްކޫލް ކުދިންނަށް ހާއްސަ ބަހަކަށްވާތީ، އާންމު ފަސިންޖަރުން ނޭރުވުމާއި ބަހުގައި ދަތުރުކުރުމަށް ހުއްދަކުރާ މިންވަރަށްވުރެ އިތުރަށް ކުދިން ނޭރުވުން، ރައްކައުތެރިވުމަށް އަޅަންޖެހޭ ސީޓްބެލްޓް އެޅުވުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް މަޖުބޫރުކޮށްފައިވެއެވެ.

ސްކޫލްތަކުގެ ދިރާސީ އަހަރުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ކަނޑައެޅިފައިވާ ދަންފަޅިތަކުގައި، ގަޑިއަށް ދަތިކަމެއްނެތި ބަހުގައި ސްކޫލަށް ދިޔުމުގެ ބަސްދަތުރު ހަމަޖެހިފައި ވާން ޖެހޭނެ ކަމަށާއި ސްކޫލް ނިމުމުން ސްކޫލްކުދިން ގެއަށް ދިޔުމުގެ ބަސްދަތުރު، މިނސިޓްރީ އޮފް އެޑިޔުކޭޝަންގެ މަޝްވަރާގެ މަތީން ބަހުގެ ޚިދުމަތްދޭ ފަރާތުން ހަމަޖައްސަންވާނެ ކަމަށް ވެސް ގެޒެޓުގައި ބަޔާންކޮށްފައިވެއެވެ.

ބަސް ދަތުރު ހަމަޖެއްސުމުގައި ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ހެޔޮ އަގުތަކެއް ބަސްދަތުރުކޮށްދޭ ފަރާތުން ހަމަޖައްސަން ވާނެކަމަށް ވެސް ގެޒެޓުގައި ވަނީ އިރުޝާދު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: