ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަސްދަތުރުތަކުގެ ރޫޓް ކުރިން އޮތް ގޮތަށް ބަދަލުކޮށްފި

އެމްޓީސީސީ އިން މިނީ ބަހުގެ ހިދުމަތް ދޭން ފެށުމަށް އަލަށް ގެނެވުނު ބަސްތަކުގެ ތެރެއިން ބަހެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވަގުތީ ބަދަލުތަކެއް ގެނައި ބަސް ދަތުރުތަށް އާންމު އުސޫލަށް ބަދަލުކޮށްފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބަސް ދަތުރުތަކަށް ބަދަލުތަކެއް ގެނައި އިއްޔަ ފަތިހު ނީލަން ފިހާރަތައް ހުންނަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެންނެވެ. ނަމަވެސް މިހާރު އަލިފާން އެކީ ކޮންޓްރޯލްކުރެވިފައިވާތީ އެމްޓީސީސީއިން ވަނީ ބަސް ދަތުރުތައް އާންމުކޮށް ދުއްވާ އުސޫލަށް ބަދަލުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

ހާދިސާއާއި ގުޅިގެން ބަދަލު ގެނައީ ކުންފުނިން ފޯރުކޮށްދެމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާާރުޓީއެލް) ބަހުގެ ހިދުމަތުގައި ހިމެނޭ ރޫޓް ވެސްޓް ޕާކް-ހުޅުމާލެ ފޭސް 1 އަދި 2 ރޫޓްއަށެވެ. އެ ރޫޓްގެ ބަހުގެ ހިދުމަތް އެމްޓީސީސީއިން ވަގުތީ ގޮތުން ބަދަލުކުރީ ކާނިވަލް ސަރަހައްދަށެވެ.

މީގެ އިތުރުން އަމީނީ ރޫޓް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށްވެސް އެމްޓީސީސީއިން ބުންޏެވެ. އެމްޓީސީސީއިން ވަނީ އަމީނީ ރޫޓް މެދކަނޑާލައިފައިވުމާއިއެކު، އޯކިޑް ރޫޓް ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރުވެދާނެކަމަށް ބެލެވޭތީ، އޯކިޑް ޫޓަށް މިހާރު ބަސް އިތުރުކޮށްފައެވެ.

މަޖީދީ މަގު ހުޅުވާލުމާއިއެކު އާރުޓީއެލް ބަހުގެ ރޫޓްތައް އާންމު ހާލަތަށް އެމްޓީސީސީއިން ވަނީ ބަދަލުކޮށްފައެވެ.

ނީލަން ފިހާރާގައި ރޯވުމާއި ގުޅިގެން މާލޭގެ ދެ ސުކޫލެއްގެ ކިޔެވުންވެސް ވަނީ މިއަދަށް މެދުކަނޑާލާފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވާގޮތުގައި އިމާދުއްދީނު ސުކޫލު އަދި އިއްޒުދީނު ސުކޫލުގެ ކިޔެވުން މިއަދަކު ނޯންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: