ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާ ދޫކޮށްލައިފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ މަގުން، ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، ހައްޔަރުކުރި ބްރެޒިލް ދެމަފިރިންގެ ތެރެއިން އަންހެން މީހާ ދޫކޮށްލައިފިއެވެ.

މި މަހުގެ ކުރީކޮޅު ޑްރަގާ އެކު ރާއްޖެ އައިތަނުން އެއާޕޯޓުން ހައްޔަރުކުރީ ބްރެޒިލް ދެ މީހުން ކަމަށްވާ ކްރިސްޓިއާނޯ ސިލްވާ، 28، އަދި ނައިރު ނޫނޭސް ޑިސޫޒާ، 37 އެވެ. މި ދެ މީހުންގެ ތެރެއިން ޑްރަގް ފެނުނީ ކްރިސްޓިއާނޯގެ ލަގެޖުންނެވެ.

މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންކަން ވަނީ ޔަގީން ވެފައެވެ. މި މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގައި ބަރުދަނުގައި 18.857 ކިލޯގެ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރައްވައެވެ.

އަންހެންމީހާގެ ބަންދާއިމެދު ގޮތެއް ނިންނުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ކޯޓުން މިއަދު އެއްވެސް ޝަރުތަކާ ނުލައި އެ އަންހެން މީހާ ދޫކޮށްލާފައި މިވަނީ އޭނާ ބަންދުގައި ހުންނަތާ 29 ދުވަސް ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: