ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްމަތުގެ އީމާންކަން ވަރުގަދަ ކުރުމަށް ހުތުބާގައި ގޮވާލައިފި

އިސްލާމީ މަރުކަޒރުގައި ބަޔަކު ނަމާދު ކުރަނީ_ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ އުއްމަތުގެ އީމާންތެރިކަން ވަރުގަދަ ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ކޮންމެ މުސްލިމެއްގެ ހަޔާތުގައިވެސް އެންމެ މުހިންމު އެއްކަމަކީ އިސްލާމީ އަގީދާއާއި އިމާންކަން ކަމަށެވެ. އީމާންކަމަކީ ވަކި ކަންތައްތައް ހިތުން ތެދުކޮށް ގަބޫލުކުރުމާއި،ދުލުން ކިޔައި، އިގްރާރުވުމާއި އަމަލު ކުރުމެވެ.

އީމާންކަމަކީ ފުރިހަމަވަނީ ހިތުން ތެދުކުރުމާއި ދުލުން އިގްރާރުވުމުގެ އިތުރުން އެކަމަކަށް އަމަލުކޯށްގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އީމާންކަމަކީ މުސްލިމުންގެ އަމަލުތައް ހުންނަ ގޮތުން އުނި އިތުރުވާ އެއްޗެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން ހެޔޮ އަމަލު ތަކުގެ ސަބަބުން އީމާންކަން އިތުރުވާއިރު، ކުރެވޭ ގޯސް ކަންކަމުން އީމާންކަން ބަލިކަށިވެގެންދެއެވެ. އީމާންކަން ބަލިކަށިވުމަށް މަގުފަހިވާ ކަންތައްތައް ފާހަގަކުރަމުން ހުތުބާގައި ބުނެފައިވަނީ މި ކަންކަމުގެ ތެރޭގައި ޖާހިލުކަމާއި ޣާފިލުކަމާއި ނުބައި ކަންތަކަށް ގޮވާލުމުގެ އިތުރުން ދުނިޔޭގެ ފިތުނަ ހިމެނޭ ކަމަށެވެ.

ދުނިޔެއަކީ ވަގުތީ ތަނެ ކަމަށް ގޮވާލަމުން ހުތުބާގައި ވަނީ އިސްލާމީ އަގީދާގެ މަތީގެ ފައިިތިލަ ސާބިތުކުރުމާއި އެކު އީމާންކަން ވަރުގަދަކުރުމަށް މުޅި އުއްމަތަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: