ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ ބޭނުންތަކަށް އިޖާބަދިނުން ނޫން ގޮތެއްނެތް: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުގެ ބޭނުންތަކަށް އިޖާބަދިނުން ނޫން ގޮތެއްނެތް ކަމަށް އދ ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

45 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޢަބްދުالله ޝާހިދު ވިދާޅުވެފައިވަނީ، ދުނިޔޭގެ ބިމުގެ 70 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރާއިރު، ހީވެސް ނުކުރާފަދަ ބަޔޯޑައިވަރސިޓީ ދިރުންތަކާއި ވަސީލަތްތައް، އެތައް ބިލިއަން އިންސާނުންނަށާއި ދިރޭތަކެއްޗަށް ފޯރުވައިދޭ ކަމަށެވެ. އެއީ ހަމައެކަނި ދުނިޔޭގެ އޮކްސިޖަންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އޮކްސިޖަން އުފައްދާ އެއްޗެއް ނޫންކަމަށްވާއިރު، ޖައްވުގެ 50 ގުނަ އިތުރަށް ކާބަންޑައިއޮކްސައިޑް އެބްޒޯބް ކުރެވިގެން ދެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ތަޣައްޔަރުވުމާއި ދިރޭތަކެތީގެ ނަސްލު ނައްތާލުމާއި އިންވޭސިވް ސްޕީޝީޒްއާއި ޤާނޫނާއި ގަވާއިދާ ހިލާފަށް ރިޕޯޓްނުކޮށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ވަރަށް ބޮޑުތަން އިތުރުވެގެން ދިޔުން އެއީ ބޮޑެތި ސްޓްރެސްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވެސް ޝަހީދު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ކަނޑު ތަޣައްޔަރުވުމަކީ މާކިއުރީ ޕްލާސްޓިކް ކުނި އުފައްދާ ކެމިކަލް ޕެޓްރޯލިއަމް ވޭސްޓް އެގްރިކަލްޗަރަލް ރަނޯފް އަދި ގެއްލުންދެނިވި އަލްގަލް ބްލޫމްސް އެކުލެވޭ ކޮމްޕްލެކްސް މިކްސްޗަރެކެވެ. އެހެންކަމުން މިވިހަ މާއްދާތައް އެންމެ ފުރަތަމަ މީސްތަކުންނަށް ކުރިމަތިވަނީ ތަޣައްޔަރުވެފައިވާ ސީފުޑް ކެއުމުންނެވެ.

“މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަކީ ވަކިން ހާއްސަކޮށް ކުދި ޖަޒީރާ ރަށްތަކެއް ނުވަތަ ބޮޑެތި ކަނޑުގެ ގައުމުތައް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަކީ ވަރަށް ކަންބޮޑުވާ ނަތީޖާތަކެއް” ޝާހިދު ވިދާޅުވިއެވެ.

މިކަމުގެ އަސަރު ކުރަނީ ހަމައެކަނި އިންސާނުންނަށް ނޫނުްކަމަށާއި ކަނޑުގެ ދިރުންތައް ނެތިދިއުމުގެ ތުންފަތްމަތީގައި ވާއިރު، ކަނޑުގެ ދިރުންތައް ދަނީ ވަރަށް ބޮޑަށް ހޫނުވަމުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި މަލްޓިލޭޓަރަލިޒަމްގެ ޒަރިއްޔާއިން ކަނޑުގެ ޤާނޫނާ ބެހޭ ޤާނޫނީ އޮނިގަނޑެއް ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްގީކޮށް ބަލައިގަނެވިފައި ވެއެވެ. ހަގީގަތުގައި މި ޖެނެރަލް އެސެމްބްލީއަކީ ކަނޑުގެ މައްޗަށް ދުނިޔޭގެ ފެންވަރުގައި ގަވަރނަންސެއް ޤާއިމު ކުރުމުގައި ކޮންމެހެން ބޭނުންތެރި މަޖިލީހެކެވެ.

އދ.ގެ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާއަށް 40 އަހަރު ފުރޭއިރު، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކަނޑު ހިމާޔަތް ކުރުމުގައި މަލްޓިލޭޓަރަލް ކާމިޔާބީތަކާ މެދު ފުންކޮށް ވިސްނާލަން ޖެހޭ ވަގުތުކޮޅެކެވެ. އަދި މި މުޢާހަދާގެ ސަބަބުން ކަނޑުތަކާއި ކަނޑުގެ ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި މިމުއާހަދާގެ ދައުރު ބަލައިގަނެ މި މުއާހަދާގެ ދައުރު އިތުރަށްފުޅާވެގެން ފާނެކަމަށްވެސްވެއެވެ. އ.ދ.ގެ އޯޕަން އެންޑެޑް އިންފޯމަލް ކޮންސަލްޓޭޓިވް ޕްރޮސެސް އޮން އޯޝަންސް އެންޑް ދަ ލޯ އޮފް ދަ ސީގެ އެންމެފަހުގެ ރިޕޯޓަށް މިއަދު ބަލާލާއިރު، މިއީ މިކަމަށްޓަކައި ބޭނުންތެރި އިތުރު ވަސީލަތެކެވެ.

މިއާއެކު ސައިންޓިފިކް، ޓެކްނިކަލް ރެސްޕޮންސްތައް ކުރިއެރުވުމަށާއި، އަންދާޒާކުރުމާއި އިންޒާރުދިނުމުގެ ނިޒާމުތައް އެކުލަވާލުމަށް ގޮވާލާފައިވެއެވެ. އަދި އެޑަޕްޓޭޝަން އެންޑް ރެސިލިއަންސް ބިލްޑިންގ ހެދުމާއި، ކެޕޭސިޓީ ބިލްޑިންގ އިތުރުކުރުމާއި، ސައިންޓިފިކް ޑޭޓާ އާއި ޓެކްނޮލޮޖިކަލް މައުލޫމާތު ބަދަލުކުރުމަށް ވެސް ގޮވާލާފައިވެއެވެ. އަންނަ އަހަރު ލިސްބަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ ކަނޑުތަކާބެހޭ ކޮންފަރެންސަކީ އެސްޑީޖީ14 ތަންފީޒުކުރުން ކުރިއެރުވުމަށް ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ވައުދުތަކަށް ލިބޭ ފުރުސަތެއްކަމަށް ޝާހިދު ވިދާޅުވެފައިވެއެެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގެ ސަބަބުން ކަނޑުތަކާ ގުޅުންހުރި ހުރިހާ ސިނާއަތްތަކާއި ހުރިހާ ދާއިރާތަކެއްގެ އަޑު ވަނީ ގުގުމާލާފައެވެ. މަސްވެރިކަމާއި މެރިން ޓޫރިޒަމާއި ޝިޕިންގގެ ހަރަކާތްތައް ފެނިގެން ގޮސްފައިވާއިރު، ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ. މި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ކާބޯތަކެތީގެ ވަސީލަތްތައް މަދުވެ، އާމްދަނީ ލިބޭ ވަސީލަތްތައް ހުއްޓުމަކަށް އައިސް މުޖްތަމައުގެ ނިކަމެތި ފަރުދުންގެ ނިކަމެތިކަން ވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށްވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: