އައްޑޫ ސިޓީގެ 2 ސްކޫލެއް ތަރައްގީކޮށް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
އެގޮތުން ސ.އަތޮޅު މަދަރުސާގެ 06 ކްލާސްރޫމް އިމާރާތް ކުރުމާއި އަދި ސ.މަރަދޫ، މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމް، ލެބް އަދި އޮފީސްއިމާރާތުގެ މަސައްކަތް މި އެގްރިމަންޓްގައި ހިމަނާފައިވެއެވެ.
މި ދެ ޕްރޮޖެކްޓް ހަވާލުކުރެވުނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެެވެ.
އެ ފަރާތުން ސ.އަތޮޅު މަދަރުސާގައި 06 ކްލާސްރޫމްގެ މަސައްކަތަށް ހުށައަޅުއްވާފައިވަނީ 6,774,644.59ރ (ހަމިލިއަން ހަތްލައްކަ ހަތްދިހަ ހަތަރުހާސްސާޅީސްހަތަރު ރުފިޔާ ފަންސާސް ނުވަ ލާރި) އެވެ.
އެ ފަރާތުން އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމް، ލެބް އަދި އޮފީސް އިމާރާތުގެ މަސައްކަތަށް ހުށައަޅުއްވާފައިވަނީ 15,063,088.53ރ (ފަނަރަ މިލިއަންފަސްދޮޅަސް ތިން ހާސް އަށްޑިހަ އަށް ރުފިޔާ ފަންސާސް ތިން ލާރި) އެވެ.
އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒުއެވެ. އަދި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަބްދުﷲ ހާނިސް މޫސާއެވެ.
މީގެ އިތުރުން ލ.ގަން، އިހައްދޫ ސްކޫލުގެ 06 ކްލާސްރޫމް، ޏ. ފުވައްމުލައް ހާފިޒް އަހުމަދު ސްކޫލުގެ 16 ކްލާސްރޫމް އަދި އއ. އުކުޅަހު ސްކޫލުގެ 8 ކްލާސްރޫމާއި މަލްޓި ޕާޕޮސް ހޯލެއް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ވެސް ވަނީ ސޮއިކޮށްފައެވެ.
މި މަސައްކަތް ވެސް ހަވާލުކުރެވިފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

