ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސައިން އަވަހާރަވުމަކީ ލިބުނު ނިކަމެތި ކަމެއް: މަޖިލިސް

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ / އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

މަޖިލީހުން މިހެން ބުނެފައިވަނީ ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހުސެއިން އަވަހާރަވީ ރޭ މާލޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ހުސެއިންގެ ޖަނާޒާ ވަނީ މިއަދު މެންދުރު ނަމާދަށްފަހު ބާއްވާފަ އެވެ.

އެ ބަޔާނުގައި ހުސައިންގެ ގައުމީ ހިދުމަތް ވަނީ ފާހަގަކުރައްވާފައެވެ. އަދި ހުސައިން ގެންދެވީ ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ވަރަށް މުހިންމު މަސައްކަތްތަކެއްގައި ބައިވެރިވެވަޑައިގަންނަވަމުން ކަމަށް ބުނެފައިވެއެެވެ. އެގޮތުން މާލިއްޔަތު ކޮމެޓީ އާއި އިމްތިޔާޒާއި ސުލޫކީ ކޮމެޓީ އާއި ބަަޖެޓް ދިރާސާ ކުރާ ކޮމެޓީ އާއި ލާމަރުކަޒު ކޮމެޓީގެ ޖޮއިންޓް ކޮމެޓީގައި ހުސައިން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަ ކުރައްވާފައިވެއެވެ.

މި ހިނގާ މަޖިލީހުގެ އިތުރުން 17 ވަނަ މަޖިލީހުގައިވެސް ހުސައިން ވަނީ ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވާފައެވެ.

މަޖިލީހުގެ ބަޔާނުގައި ބުނެފައިވަނީ ހުސައިން އަވަހާރަވުމަކީ ރާއްޖެ އާއި ރައްޔިތުންގެ މަޖިލީހަށްވެސް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އަދި ހުސައިން އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: