ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ކޮވިޑު އެކްޓިވް ކޭސްތައް 100 އިން ދަށަށް!

އައްޑޫ ސިޓީ/ ފޮޓޯ: ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަސްޓް މަހުން ފެށިގެން މިހާތަނާ ޖެހެންދެން ކޮވިޑް 19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަ އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 100 އަށްވުރެ ތިރިވެއްޖެއެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު އަންގާރަ ދުވަހު 96 ގައި ހުރިއިރު މިއީ ވޭތުވެދިޔަ 4 މަސް ދުވަހުގެ ތެރޭގައިވެސް ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވާ އަދަދު މިހާ މަދުވި ފުރަތަމަ ފަހަރެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އައްޑޫ ސިޓީއިން ފައްސިވީ އެންމެ މީހެއްކަމަށްވާ އިރު އެމީހާ ފައްސިވެފައިވަނީ ހިތަދޫއިންނެވެ. އެހެންކަމުން، މިވަގުތު އެންމެ ގިނަ ބަޔަކު މިބަލިން ރަނގަޅުނުވެ ތިބީ ހިތަދޫގައެވެ. ހިތަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 75 އަށް އަރާފައިވެއެވެ. މިއަހަރުގެ މެދެއްހާ ހިސާބުގައި އައްޑޫގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށިފަހުން، އެންމެ ގިނަ ބަޔަކު ޕޮޒިޓިވް މަރަދޫގެ ޙާލަތު ވެސް ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފައިވާއިރު، މިވަގުތު އެރަށުގައި ބަލިން ރަނގަޅުނުވެ ތިބީ 8 މީހުންނެވެ. ހުޅުދޫގައިވެސް ކޮވިޑް ޖެހިފައިވާ 8 މީހުން ތިބިއިރު، ފޭދޫގައި ތިބީ 2 މީހުންނެވެ. އަދި މިވަގުތު މީދޫއާއި މަރަދޫފޭދޫއިން ކޮވިޑްގެ ކޭސްއެއް ފެނިފައެއް ނުވެއެވެ.

އަންގާރަ ދުވަހު އެކަނިވެސް އައްޑޫގައި 146 ސާމްޕަލެއް ވަނީ ނަގައި ޓެސްޓުކޮށްފައިވެއެވެ. މިހާތަނަށް 35367 ސާމްޕަލް ނަގައި ޓެސްޓު ކުރެވިފައިވާއިރު އޭގެ ތެރެއިން 2917 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން، މިވަގުތު އައްޑޫގައި ކަރަންޓީންގައި ތިބީ 67 މީހުން ކަމަށްވާއިރު، ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ. އަދި މިހާތަނަށް އައްޑޫން ކޮވިޑް ޖެހިގެން 13 މީހަކު ވަނީ ނިޔާވެފައެވެ.

މީގެއިތުރުން، ޑިސެމްބަރު މަސް ފެށުނުއިރު އައްޑޫ ސިޓީއިން ކޮންމެ ދުވަހަކު އެވްރެޖްކޮށް 20 ނުވަތަ 25 މީހުން ކޮވިޑަށް ފައްސިވަމުން ދިއުމާގުޅިގެން ޑިސެންބަރ 6ގައި ވަނީ އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް އެއްކޮށް މަޑު ޖައްސާލާފައެވެ. އަދިވެސް އައްޑޫ މޮނިޓަރިންގެ ޙާލަތުގައި އޮތްނަމަވެސްު، އައްޑޫ ސިޓީގެ 80 އިންސައްތަ އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާތީ ކުރިން އަމަލުކުރި ގަވާއިދަށް ބަދަލުގެނެސް، ފުރާމީހުންގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މިހާރު، ޕީސީއާރު ޓެސްޓާ ނުލާ ދަތުރު ކުރެވެއެވެ.

އައްޑޫގައި ކޮވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިން ޕްރޮގްރާމް ކުރިއަށްދާ ގޮތަށް ބަލާއިރު، ބުރާސްފަތި ދުވަސް ފިޔަވައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކުވެސް މިޚިދުމަތް ފޯރުކޮށްދެއެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ސިނޮފާރމްގެ ފުރަތަމަ ޑޯޒް އަދި 2 ވަނަ ޑޯޒް ޖެހުން ކުރިއަށްދަނީ ހެނދުނު 8.30 ން 09.30އަށެވެ. އަދި 10.00ން 11.30ށް އެސްޓްރާޒެނެކާގެ ފުރަތަމަ ޑޯޒް އަދި 2 ވަނަ ޑޯޒް ޖެހުން ކުރިއަށް ދާއިރު، މެންދުރު 12.00ން 01.30ށް ފައިޒާ ޖަހަންޖެހޭ ކެޓަގަރީތަކަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 2 ވަނަ ޑޯޒް ޖެހުމާއި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ފައިޒާގެ ބޫސްޓަރ ޑޯޒްޖެހުން ކުރިއަށްދެއެވެ. މީގެއިތުރުން، އައްޑޫސިޓީން ޙައްޖާއި ޢުމްރާއަށް ފުރާ މީހުންނަށް ޓްރެވެލް ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 08.30ން 11.30 އަށެވެ. އަދި އޭއީއެޗުން ބުރާސްފަތި ދުވަސް ކަނޑައަޅާފައިވަނީ ކުޑަކުދިންނަށް ވެކްސިން ދޭ ދުވަހެއްގެ ގޮތުގައެވެ.

އެހެންކަމުން، ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން އޭއީއެޗް އެކޭ އެއްގޮތަށް އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ސިއްޙީ މަރުކަޒުތަކުގައި ވެސް ކުރިއަށް ދެއެވެ. ޑިސެންބަރ 23 އަށްފަހު އަންނަ ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އައްޑޫއަށް އައިސްގޮސް ހަދާނެކަމަށް ބެލެވިފައިވާއިރު، މިދުވަސްވަރު ވެސް ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވެ އެއްވެ އުޅުން މަދުކުރުމަކީ މިހާރު މިއޮތް ޙާލަތު ދެމެހެއްޓުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: