ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޑިއުކޭޝަނުން ބޭނުންވަނީ ވަގުތީ ގޮތުން އަރަބިއްޔާ ދަރިވަރުން، އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން!

އަރަބޮއްޔާ ސްކޫލު/ ފޮޓޯ:- ރާއްޖެ އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިޒުއްދީން ސްކޫލަސް ބަދަލު ކުރަން އެޑިއުކޭޝަން މިނސްޓްރީން ނިންމައިފިއެވެ.

އަރަބިއްޔާ ސްކޫލު އިމާރާތުގައި ރެނދުލައި ތަން ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ދަރިވަރުން އެ އިމާރާތަށް ކިޔަވަން ދިއުން އެއީ އެންމެ ރައްކާތެރި ގޮތަކަށް ނުވާތީ ބެލެނިވެރިން ހުށަހެޅީ އާ އިމާރާތެއް އަޅައި އެތަނުގައި ކިޔަވައިދިނުން ކުރިޔަށް ގެންދިއުމަށެވެ. އަހަރު ފެށުނީއްސުރެ ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް ކުރިއެރުމެއް ނުލިބިވަނިކޮށް ތަނުގެ ހާލަތު ގޯސްވެ މީޑިއާތަކުގައި އެ ވާހަކަތައް ދެކެވެން ފެށުމުން ބަޔާނެއް އާއްމުކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދަރިވަރުންނަށް މިވަގުތު ދެވެން އޮތް ހައްލަކީ، އެހެން ސްކޫލަކަށް އެކުދިން ބަދަލު ކުރުމުންކަމަށް ބުނެ އެޑިއުކޭޝަނުން ވަނީ އަރަބިއްޔާ އިމާރާތް މަރާމާތު ކުރުމަށް ވަގުތު ބޭނުންވާނެކަމަށް ބުނެފަ އެވެ. އަދި މިނިސްޓްރީން މިހާރު ވެސް އެ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް ބަޔާނުގައި ވެއެވެ.

އަރަބިއްޔާ ސްކޫލުގައި ބޮޑެތި ރެދުތަކެއްލައި އިމާރާތުގެ ހާލަތާއިމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއަށް މަޖިލީހުގައި ކުރެވުނު ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އިމާރާތަކީ 2013 ގައި އެޅި އިމާރާތަކަށްވާއިރު، މިހާ ކުރު މުއްދަތެއްގައި ބޮޑެތި ރެދުތަކެއްލައި އިމާރާތަށް ގެއްލުންވުމުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

މިނިސްޓްރީން މިކަމުގައި ހައުސިން މިނިސްޓްރީއާއި ގުޅިގެން އެސެސްމެންޓެއް ހެދިކަމަށާއި، ނަމަވެސް މިއީ އެއަށްވުރެއް ފުޅާކޮށް ބަލަންޖެހޭ ކަމަކަށްވުމުން، މިހާރު އެ އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމަންޓްތަކެއް ހެދުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން މިހާރުން މިހާރަށް އެތަަނަށް ބޭނުންވާނެ މަރާމާތުތައް އެނގިގެންދާނެ ކަމަށާއި އަދި އެ އެސަސްމަންޓް ހަދަމުންދަނީ އަންނަ ސްކޫލު ބަންދުގައި ހެދޭނެ ގޮތަށް ރާވަން ކަމަށެވެ.

އޭގެ އިތުރުން އެ އެސެސްމަންޓްގައި ކޮންކްރިޓްގެ ސްޓްރެންތު ފަދަ ކަންކަން ބަލަން ރާއްޖެއިން ބޭރަށް ވެސް ފޮނުވައިގެން ކަންކަން ބަލަން ޖެހޭ ކަމަށާއި އެހެންކަމުން އެކަމަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: