އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދިވެހި އަންހެނަކަށް ސީރިއަސް ތުހުމަތުތަކެއް ފުލުހުންކޮށްފި އެވެ.
މިދިޔަ އޮކްޓޯބަރު 19 ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، ނަރުހެއްގެ ގޮތުގައި ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ. ވިއްސާރަ ދުވަހެއްގައި ވާރެއާއި ތެމިގެން ހުރެ މާވިން މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަންޖެހުނީކަމަށް ބުނެ އެވެ. ދަންޖެހިގެން ހޮސްޕިޓަލަށް ގެންނަ މީހުންގެ ކޭސްތައް ފުލުހަށް ރިޕޯޓު ކުރާއިރު، ފުލުހުން މައްސަލައިގައި ސުވާލުކޮށް ހެދުމުން މަރުގައި ޝަކުވާ ކަންތަކެއް ފާހަގަ ކުރެވުނީ އެވެ. އަދި އޭގެ ފަހުން މީޑިއާތަކުގައި ވެސް އެ ވާހަކަ ދެކެވިގެން ދިޔަ އެވެ.
މޭރީ މަރުވީ ދަންޖެހިގެންކަމަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ގަބޫލު ނުކުރާތީ އާއި އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލައި މޭރީގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ގެއްލުންތަކެގެ ސަބަބުން ކަމެވެ. އިތުރު ތަފްސީލުތަކެއް ހާމަނުކޮށް ފުލުހުން ވެސް ބުނީ، މޭރީ މަރުވީ ދަންޖެހިގެންކަމަށް ޕޯސްމޯޓަމް ރިޕޯޓުން ނުދައްކާ ކަމަށެވެ. އަދި އޭނާ މަރުވީ ”ބްލަންޓް އިންޖަރީ“ ނުވަތަ އެއްޗަކުން ބާރަށް ޖެހުމުން ލިބޭ ފަދަ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.
މާވިންއަށް ކުރެވުނު ތުހުމަތުތަކާއި އެކު، އެނާއަކީ ކާކުތޯ އާއި މޭރީއާއި އޭނާއާއި އޮތް ގުޅުން ހީނަރުވާން ވީ ސަބަބު ހޯދުމަށް ބައެއް މީޑިއާތަކުގެ ނޫސްވެރިން މަސައްކަތް ކުރުމުން އެނގުނީ މާވިން އުޅުނީ އައިޖީއެމްއެޗްގެ އެހެން ނަރުހަކާއި ލޯބީގެ ގޮތުން ގުޅިގެންކަމެވެ. ޅ. އަތޮޅު ހިންނަވަރަށް ނިސްބަތްވާ އެ އަންހެން މީހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެންމެނަށް ފެންނަހެން ހާމަކަން ބޮޑު ގޮތެއްގަ އެވެ. އޭގެ ސަބަބުން، މޭރީ އާއި މާވިން ދެމެދު މައްސަލަތައް ޖެހޭއިރު މޭރީ އާއި 24 އަހަރުގެ ހަލީމަތު ލަމްހާ މޭރީ ދެމެދު ވެސް އަރައިރުންތަކެއް ދެ އެވެ.
ކައިވެންޏެއްކޮށް ދަރިއެއް ވެސް ލިބިފައިވާ މާވިން އާއި މޭރީގެ ދެމެދުގައި މީގެ ކުރިން ވެސް އެހެން މީހެގެއް ސަބަބުން މައްސަލަތަކެއް ޖެހުނުކަމަށް ވެއެވެ. އޭގެ ފަހުން ދެ މީހުންގެ ގުޅުން ރަނގަޅުވެފައި ވަނިކޮށް، މާވިން އެހެން ދިވެއްސަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ހޮސްޕިޓަލުގައި ވާހަކަތައް ދެކެވެން ފެށީ އެވެ. މޭރީއަށް އެކަންތައް އެނގުނު ފަހުން، ދެ މީހުން ހާމައަށް ފެންނަ ގޮތަށް މަސައްކަތް ކުރާކަމަށް ބައެއް މީޑިއާތަކުން އިތުރުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ ރިޕޯޓު ކުރި އެވެ.
މޭރީގެ މަރާއި މެދު އެންމެ ބޮޑަށް ސުވާލު އުފެދުނީ، އޭނާ ދަންޖެހުނީކަމަށް ބުނެ ހޮސްޕިޓަލަށް ގެނައުމުގެ ބައިގަޑިއެއްހާ އިރު ކުރިން ހޮސްޕިޓަލުގެ ޑިއުޓީގައި ހުރުމުންނެވެ. އަދި ގެއަށް ދިޔައީ ބްރޭކް ގަޑީގައިކަމަށް ވާއިރު މޭރީގެ މަރުވެފައިވާ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ އޭގެ ގަޑިއެއްހާ އިރު ފަހުންނެވެ.
Sangu News | Your News. Zero lies straight to your eyes. މައްސަލައިގައި ތުހުމަތު ކުރެވޭ ލަމްހާ މީހާއާއި ގުޅޭގޮތުން ވާހަކަތައް ދެކެވެން ފެށުމުން، އޭނާ ވަނީ ނޫސްވެރިންތަކަކާއި ބައްދަލުކޮށް އިންޓަވިއުއެއް ދީފަ އެވެ. އޭގައި އޭނާ ކިޔައިދޭ ގޮތުގައި މާވިން އާއި އޭނާ ރައްޓެހިވެގެން އުޅުނަސް، ދެ މީހުންގެ ގައިގޯޅިވެ އުޅޭ މަންޒަރެއް އެއްވެސް މީހަކަށް ނުފެންނާނެ އެވެ. އަދި ހޮސްޕިޓަލުގެ އީއާރުގައި މަސައްކަތް ކުރާ އެހެން ނަރުހުންނަކީ އެއީ ”ދޭތެރެ ޖައްސާ“ ބައެއްގެ ގޮތުގައި ސިފަކޮށް، ދެ މީހުން އެކީ ތަނަކަށް ދާ މަންޒަރު ފެނުނަސް ފޮޓޯ ނަގައި މޭރީއަށް ފޮނުވައި ހަދާ ކަމަށް ލަމްހާ ބުނެ އެވެ.
މީގެ އިތުރުން މޭރީ މަރުވީ ދުވަހު ދަރިފުޅާއި ބައްދަލުވީ ވާހަކަ ލަމްހާ ދޮގެއް ނުކުރެ އެވެ. ބުނީ ބައެއް ދުވަސްތަކު އެ ދެމީހުންގެ ދަރިފުޅު އޭނަ ކައިރީގައި ހުންނަ ކަމަށެވެ.
މޭރީގެ މަރާއި މާވިން އާއި ނުވަތަ އޭނާއާއި ވެސް އެއްވެސް ގުޅުމެއް ނޯންނާނެކަމުގެ ޔަގީންކަން ދީ ލަމްހާ ބުނީ މާވިން ސަލާމަތްވެގެން އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުތަކެއްގެ ސަބަބުން، އަންހެން މީހާގެ ފޯނު ވެސް ހިފެހެއްޓި އެވެ. އެއީ އޭނާ މޭރީ މަރުވީ ދުވަހު އޭނާއަށް ”ގުޑް ބާއި“ ޖަހާ ފޮނުވި މެސެޖުތަކެއްގެ ސަބަބުންނެވެ. މީގެ އިތުރުން މޭރީ މަރުވުމުގެ ކުރީން، އޭނާގެ ފަސް އަހަރުގެ ދަރިފުޅު ގެއިން ގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ފުލުހުންގެ ތަހުގީގަށް ވަނީ ލިބިފަ އެވެ.
ފިލިޕީންސްގެ ގާނޫނުތަކުގެ ދަށުން އެ ގައުމުގައި ކައިވެންޏެއް ކުރުމަށް ފަހު، ވަރި ކުރުން އެއީ ފަސޭހަކަމެއް ނޫނެވެ. ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ވަރަށް ގިނަ މަރުހަލާތަކެއް ހުރުމާއި އެކު މާވިން އާއި އަންހެން މީހާ އާއި ދެމެދު އެ ވާހަކަތައް ދެކެވިފައި ވެއެވެ.
ރޭގެ ވަގުތެއްގައި މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މޭރީގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ އަންހެނަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ފުލުހުން އެ އަންހެން މީހާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރާއިރު އެއީ ދޮގު ބަޔާން ދިނުމާއި، މީހަކު މަރަން ރޭވުން، އަދި މަރު ފޮރުވިކަމުގެ ތުހުމަތެވެ.
މޭރީ އާއި މާވިން ކައިވެނިކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެނގިފައި ވާ ގޮތުގައި އެ ދެމީހުންގެ ދަރިފުޅު މިވަގުތު ހުރީ މޭރީގެ އާއިލާއާއި އެކު އެވެ.
Sangu News | Your News. Zero lies straight to your eyes.

