ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާގެ ބެލެނިވެރިން ރައީސްއާ ބައްދަލުކުރަނީ

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސްކޫލު ކުރިމަތީގައި އިހުތިޖާޖު ކުރުމުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރަން ނިންމައިފި އެވެ.

އެމަނިކުފާނު، އަރަބިއްޔާގެ ބެލެނިވެރިންނާ ބައްދަލު ކުރައްވަން ނިންމަވާފައި މިވަނީ، އަރަބިއްޔާ ސުކޫލްގެ މައްސަލަ ބޮޑުވެ ބެލެނިވެރިން އިހުތިޖާޖު ކޮށްފައިވަނިކޮށެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް މިއަދު ވިދާޅުވީ، މި މައްސަލަ އާ ގުޅިގެން މިއަދު 11:00 ގައި ރައީސް ސޯލިހު ބެލެނިވެރިންނާ ބައްދަލު ކުރައްވަން ނިންމަވާފައި ވާކަމަށެވެ.

އަރަބިއްޔާ ސްކޫލު މިހާރު ހިންގާ އިމާރާތުގައި ރެނދުލައިފައިވާތީ އެ ސްކޫލުގައި ކިޔަވައިދިނުން ރައްކާތެރިކަމަށް ނުވާތީ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން އޮތީ ހުށަހަޅައިފަ އެވެ. ނަމަވެސް ބެލެނިވެރިންނާ ހިޔާލުތަފަތުވެ ކޮޅެއްގައި ނުޖެހޭތީ އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑަައިގެންނެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: