ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިންގ ސްލޮޓްގެ ގުރުލުން ޖެނުއަރީ މަހަށް ފަސްކޮށްފި

މާލޭގައި ގާއިމުކޮށްފައިވާ ޕާކިން ޒޯނެއް: ފޮޓޯ/ ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އަގު ދައްކައިގެން ޕާކު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ސްލޮޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުލުން ޖެނުއަރީ 05 އަށް ގުރުލުން ލަސްކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ކުރި ޓުއިޓެއްގައި ބުނެފިއެވެ.

ރޭ ބާއްވަން ތާވަލް ކުރުމަށް ފަހު މާލޭ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިންގ ސްލޮޓްގެ ގުރުއަތުލުން ރޭ ބޭއްވުމަށް ހަމަޖައްސާފައިވީ ނަމަވެސް އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު 05 ޖެނުއަރީ 2022 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ލަސްކުރެވިފައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ޕާކް ކުރުމަށް 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައި 211 ޕާކިން ސްލޮޓަކަށް ކުރިމަތިލާން ހުޅުވާލައިފައި ވެއެވެ. އަދި ޕާކިން ސްލޮޓަށް ކުރިމަތިލާން މިދިޔަ ޖުލައި މަހު ހުޅުވާލި ފުރުސަތުގައި 969 މީހަކު ފޯމު ހުށަހަޅާފައި ވެއެވެ. ޕާކިން ސްލޮޓް ކުއްޔަށް ދޫކުރާ ގޮތަށް އޮތީ 350 ކިލޯ އުފުލޭ ޕިކަޕާއި ކާރު އަދި ވޭނަށް ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ގުރުލުން ބޭއްވީ މީޑިއާތަކުގެ ކުރިމަތީގައެވެ. އެފަހަރު ގުރުއަތުލުން ބާއްވައިގެން ސްލޮޓްތައް ލިބޭ މީހުން ކަނޑައެޅީ ސްލޮޓްތަކަށް ކުރިމަތިލި އެންމެންނަށް ސްލިޕް ނަމްބަރެއް ދީގެން ކަމަށްވާއިރު، އެ ސްލިޕް ނަންބަރުތަކުގެ މެދުގައި ގުރު ނެގި އިރު ސްލިޕް ނަންބަރެއް ދޭ ގޮތަށް ހަމަޖެއްސީ، އެއް އައިޑީ ކާޑު ނަމްބަރުގެ ދަށުން 3-2 ކާރު ރަޖިސްޓްރީކޮށްފައި ހުރުމުން އައިޑީކާޑަކުން އެކަން ޔަގީންނުކުރެވޭނެތީ އާއި ފޯނު ނަމްބަރު ވެސް ރިޕީޓު ވާތީ ކަމަށް ކައުންސިލުން ކުރިން ބުނެފައިވެއެވެ.

ނަމަވެސް، ޕާކިން ސްލޮޓްތަކުގެ ގުރުއަތު ނެގުން ކުރިއަށް ގެންދިޔައީ ދެ ފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ވެއެވެ. އެހެންކަމުން، އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން މާލެ ސިޓީ ކައުންސިލަށް އަންގާފައި ވަނީ ގުރު ނެގުން އަލުން ބޭއްވުމަށް ކަމަށް ކައުންސިލުން ބުންޏެވެ. އަދި މައްސަލާގައި އެންމެ ނަޒާހާތްތެރި ގޮތަކަށް ވާނީވެސް ގުރުލުން އަލުން ބޭއްވުމުންކަމަށްވެސް މޭޔަރ ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: