ކޮވިޑް-19 ގެ އެންމެ ދަތި ހުކޫރަތްތެރި ދަނޑިވަޅުގައިވެސް ކުންފުނީގެ މުއައްޒަފުން މެދުކުނޑުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.
ޝާހު ވިދާޅުވީ ކޮވިޑު 19 ގެ އެންމެ ނުރައްކާތެރި ދަތި ދަނޑިވަޅުގައި ވެސް އެމްޑަބްލިއުއެސްސީގެ މުއައްޒަފުން އާއިލާތަކާއި ދުރުގައިމި ކުންފުނީގެ ސެންޓަރ ތަކުގައި ކަރަންޓީނުވެ ތިބެ ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދިން ކަމަށެވެ. އަދި ރައްޔިތުންނާ ހަމައަށް ރައްކާތެރި ބޯފެނާއި ރަނގަޅު ނަރުދަމާ ނިޒާމެއް ފޯރުކޮށްދީފައިވާ ކަމަށް ވެސް ޝާހު ފާހަގަކޮށްފައި ވެއެވެ.
ޝާހު ވިދާޅުވީ ކުންފުނި ވުޖޫދަށް އައިސްފައި ވަނީ މީގެ 26 އަަހަރު ކުރިން ކަމަށާއި އޭރު ކުންފުނީގައި މަސައްކަތް ކުރަމުން ދިއައީ 60 މުވައްޒަފުން ކަމަށެވެ. އެހެން ނަމަވެސް، މިހާރު ކުންފުނީގައި 1،200 އަށްވުރެ ގިނަ މުއައްޒަފުން މަސައްކަތް ކުރަމުންދާކަމަށް ޝާހު ވިދާޅުވިއެވެ.
ގްރޭޓަރ މާލޭ ރީޖަންގެ އިތުރުން ކ. މާފުށި އާއި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި އެމްޑަބްލއުއެސްސީން ހިދުމަތްދޭ މަރުކަޒުތަކެއް ގާއިމްކޮށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަކަމަށް ވެސް ޝާހު ވަނީ ވިދާޅުވެފަ އެވެ. ޝާހު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބައެވެ. އަދި ހަމައެހެންމެ އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި ކުނި މެނޭޖްކުރުމައ،ި ކަރަންޓުގެ ހިދުމަތް ދިނުމާއި، ފެނާއި ނަރުދަމާގެ އިތުރުން މަސްވެރިންނަށް ބޭނުންވާ އައިސް ވެސް ފޯރުކޮށްދެމުން އަންނަ ކަމަށް ޝާހު ވިދާޅުވިއެވެ.
”މިއަދު މި ކުންފުނިން މި ވަނީ އެހެނިހެން ދާއިރަތަކުގައި ވެސް ފައިތިލަ ސާބިތުކޮށްފައެވެ. ޔޫޓިލިޓީ ކުންފުންނެއްގެ އިތުރުން މިއަދު އެމްޑަބްލިއުއެސްސީ އަކީ އިންޖީނިއަރިން އާއި މެނުފެކްޗަރިންގ އަދި ޓްރެއިނިގްގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެއް. އަދި މި މސައްކަތް ކުރަން ތިބީ މި ދާއިރާއިން ތަމްރީންވެފައި ތިބި ތަޖްރިބާކާރު މުއައްޒަފުން ކަމަށް ވެސް ވަރަށް ފަހުރުވެރިކަމާއި އެކީ ދަންނަވާލަން“ ޝާހު ވިދާޅުވިއެވެ.
ފާއިތުވެގެން މި ދިޔަ 2 އަހަރަކީ ވަރަށް ދަތި އުދަގޫތަކާއި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު 2 އަހަރު ކަމަށްވާއިރު، މެދުކެނޑުނެއް ނެތި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީއިން މަސައްކަތް ކުރަމުން ގެންދިޔައެވެ. އެގޮތުން މި ދަތި ހުކޫރަތްތެރި ދަނޑިވަޅުގައިވެސް އެމްޑަބްލިއުއެސްސީގެ މުއައްޒަފުން ވަނީ އެމީހުންގެ އާއިލާތަކާއި ދުރުގައި މި ކުންފުނީގެ ކޯޕަރޭޝަން ސެންޓަރ ތަކުގައި ކަރަންޓީނުވެ ތިބެގެން މަސައްކަތްކޮށް ކުންފުނީގެ ހިދުމަތް މެދުކުނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދީފައި ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.

