ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޓިކެޓް ފަތުހީއަށް!

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މޫސާ ފަތުހީ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މޫސާ ފަތުހީ އާދަމަށް ދީފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ޓަކައި ޕްރައިމަރީއެއް ބޭއްވުމަށް ނިންމައި އެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމްއިން ހުޅުވިކަމުގައިވީ ނަމަވެސް، އެކަމަށް އެދި ފޯމު ހުށަހެޅުއްވީ ފަތުހީ އެކަންޏެވެ. އެގޮތުން އޭނާއަށް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމެންޓުގެ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ޕޮލިޓިކަލް އެސިސްޓެންޓުގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ށ. އަތޮޅު ކައުންސިލްގެ މެމްބަރުކަމަށް ފަތުހީ އިންތިޚާބުވެވަޑައިގަތެވެ. އޭނާ އަކީ އެ ދައުރުގައި އަތޮޅު ކައުންސިލްގެ ރައީސެެވެ.

މީގެ އިތުރުން، ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދުއެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިންވެސް ވަނީ ކެންޑިޑޭޓަކު ނެރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ.

މަޖިލީހުގެ ގޮނޑިއެއް ހުސްވުމާއެކު 60 ދުވަހުގެ ތެރޭގައި އެދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވާނެކަމަށް އިއުލާންކޮށްފައެވެ. މިވަގުތު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 22%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: