ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި ތަފާތުކުރުމެއް އޮވެގެން ނުވާނެ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމުގައި، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތެއް ފޯރުކޮށްދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މަނިކުފާނު ވަނީ ހިދުމަތް ދިނުމުގައި ދައުލަތުން ދޭ ހިދުމަތްތަކުގެ އިތުރުން ކުންފުނިތަކުން ދޭ ހިދުމަތްތައް ހުރިހާ ފަރާތްތަކުން ވެސް އިހްލާސްތެރިކަމާއި އެކު، ކޮންމެ ރައްޔިތަކަށް ވެސް ހިދުމަތް ދިނުމަށް ގޮވާލައްވާފައެވެ. އަދި އެއީ އަވަހަށް ކޮށްދޭންޖެހޭ ކަމެއްކަމުގައި ވާނަމަ ލަސްނުކޮށް އެކަމެއް ކޮށްދިނުމަށް ސަމާލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންނަށް ހިދުމަތްތައް ދޭ ފަރާތްތަކުން އެ ހިދުމަތްތައް ދިނުމުގައި ވީހާވެސް ލުއިފަސޭހަކޮށް އެކަންކަން ކޮށްދިނުމަށް އަބަދުވެސް ވިސްނަންޖެހޭކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެއާއި އެކު އެެމަނިކުފާނުގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި ސިއްހީ ހިދުމަތް ހޯދުމުގައި، ހާއްސަކޮށް އަވަސް ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ ފަރާތްތައް ފޮނުވުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލެއްވިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮއްވާ އަވަސް ފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތްފުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައިވީ ނަމަވެސް، ރާއްޖެއިން އަވަސްފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްކަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ފުރުސަތު ފަހިކޮށްދެއްވީތީ އިންޑިޔާ ސަރުކާރާއި އެކަމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްރިއްޔާގެ ނައިބު ވަނީ ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު، ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރަމުންގެންދާކަން ފާހަގަކުރައްވައި، ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: