ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރުހުގެ މަރު: މާވިން އާއި ލަމްހާއަށް ދައުވާކުރަން ފޮނުވައިފި

މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރި ފިލިޕީންސްގެ އަންހެން ނަރުސް މީހާގެ މޭރީގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާކޮށްދޭން ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ މޭރީގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

މި ދެ މީހުންނަށް ދައުވާ ކުރުމާމެދު އަންނަ ހަފްތާގެ ކުރީކޮޅު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މި މައްސަލާގައި ހިމެނޭ މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ.

އެ އަންހެންމީހާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައިވާއިރު، ފުލުހުން ވަނީ އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ މަރުވެފައިވަނީ ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: