ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައި އިލެކްޝަންގެ ރީ-ރަޖިސްޓްރޭޝަނަށް ޖެނުއަރީ 20 ވަނަ ދުވަހު ހުޅުވާލަނީ!

އީސީގެ ރައީސް ފުވާދު ތައުފީގް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އިންތިހާބުގެ ކަންކަން ކަނޑައެޅިފައިވާ ތާރީހުތަކުގައި ނިންމައި އިންތިހާބު އަމާންކަމާއި އޮމާންކަމާއި އެކު ބޭއްވުމަށް ކޮމިޝަނުން މަސައްކަތް ކުރާނެކަމަށެވެ. އަދި އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމާނެ ކަމަށެވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، މިލިސްޓަށް ރީ-ރަޖިސްޓްރީ ވުމަށް ޖެނުއަރީ 20 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ރީރަޖިސްޓްރީވުމަށް ހުޅުވާލުމުން އެންމެ ބޮޑަށް ސަމާލުކަމެއް ދެއްވަންވީ ކޮމަންޑޫ ދާއިރާގައާއި، މާލެ ނޫން ރަށްރަށުގައި ތިބި މިއިންތިހާބުގައި ވޯޓުލެވޭ މީހުން ރަޖިސްޓްރީ ކުރުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.

މިއިންތިހާބުގައި ވޯޓުލުން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާލޭގެ އިތުރުން ކޮމަންޑޫ ދާއިރާގެ 3 ރަށެއްގައި ކަމަށްވެއެވެ. އަދި މިއިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ނަންތައް އިލެކްޝަންސްއަށް ހުށަހެޅުމުގެ މުއްދަތުވެސް ވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ހަމައެހެންމެ، ނަންތައް ހުށަހަޅުއްވާއިރު ކޮންމެ ކެނޑިޑޭޓަކުވެސް ވަގުތު އޮއްވައި ނަންތައް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިއިންތިހާބުގައި ވާދަކުރާ 3 ކެންޑިޑޭޓުންވެސް އިންތިހާބުތަކާއިބެހޭ ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކާއި ބެހޭ ގާނޫނަށް ފުރިހަމައަށް އަމަލު ކުރުމަށް ކޮމިޝަންގެ ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: