ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމް އާއި އެމްޑީޕީއިން ވާދަކުރަން ނިންމައިފި

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީކަމަށްވާ ޕީޕީއެމް އާއި އެމްޑީޕީއިން ވާދަކުރުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް އިއުލާންކުރެއްވީ މިއަދުއެވެ. އެއީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ 2މާއި ގުޅިގެންނެވެ.

27 ފެބުރުއަރީ އިން ފެށިގެން ފޯމުތައް ބަލައިގަންނާނެކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މި އިންތިހާބުގައި ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި “ސަންގުން” ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ މައި ދެ ޕާޓީކަމުގައިވާ އެމްޑީޕީ އަދި ޕީޕީއެމް އިން މިކަމާއިމެދު ނިންމާފައިވާ ނިންމުމަކީ ކޮބައިތޯ ބެލުމަށްޓަކައި ސުވާލުކޮށްފައެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޕާޓީގެ ފަރާތުން މިކަމާއި ގުޅޭ މަޝްވަރާތައް ކުރަމުންގެންދާކަމަށެވެ. އަދި މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ހަމައެފަދައިން ޕީޕިއެމް ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވިދާޅުވީ ޕީޕިއެމްގައި މިހާރު ކުރިއަށްދަނީ މި އިންތިހާބާއި ގުޅޭ ގޮތުން ކުރާ މަޝްވަރާތައްކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމްއިން މި ގޮނޑިއަށް ވާދަކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މި އިންތިހާބާއި ގުޅިގެން ޕާޓީއިން ނިންމާ ނިންމުންތައް ވަރަށް އަވަހަށް މީޑިއާތަކާއި ހިއްސާކުރައްވާނެކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މި ދާއިރާގެ މެންބަރުކަމުގައި ހުންނެވި ރިޒާއަކީ ޕީޕިއެމްއަށް ނިސްބަތްވެވަޑައިގަންނާވާ މެންބަރެކެވެ. ރިޒާ އަވަހާރަވުމާއި ގުޅިގެން ތައުޒިއްޔާ ދަންނަވާ ޕީޕިއެމްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރިޒާ އަކީ އެ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެއްކަމަށެވެ. އަދި ޑީއާރްޕީ އާއި ޕީޕީއެމް އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ޕީޕީއެމް ވަނީ ފާހަގަ ކޮށްފައެވެ.

ރިޒާ އަވަހާރަވުމަކީ އިދިކޮޅު ކޯލިޝަނަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ޕީޕިއެމް އިން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީގެ 79 މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: