ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދާ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރާނަން: ޝިޔާމް

ރެސްކިއު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދާ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަސްވެރިންގެ ރެސްކިއު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ “ނާރެސް” އަކީ ހުވަދޫކަމަށެވެ. މަސްވެރިކަމުގައި ހުވަދޫ އަތޮޅުގެ ރައްޔިތުންނާއި މަސްވެރިން ތަހައްމަލު ކުރާ އުނދަގޫތަކަކީ މުޅި ރާއްޖެ ތަހައްމަލު ކުރަމުންދާ އުނދަގޫކަމަށެވެ. ހުވަދޫ އަތޮޅުގެ މަސްވެރިންނަށް ލިބޭ ހައްލަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށްވެސް ލިބޭ ހައްލުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކި ހިސާބުތަކުގައި އަދާކުރާ މަސްވެރިކަމުގައި ތަފާތުތަކެއް އެބަހުރިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް އަލި އަޅުއްވާ ވާހަކަދައްކަވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މި ސިނާއަތުގައި ހުރި މައްސަލަތައް އެނގޭކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ބަނާ މަހަށް އަގު ނުލިބޭކަމުގެ ކަންބޮޑުވުންކަމަށާއި، މިއީ ހައްލު ކުރުމަށް އުނދަގޫތަކެއް ހުރި މައްސަލަތަކެއް ނަމަވެސް، އެކަމުގެ މަސައްކަތްތައް ސަރުކާރުން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބޭ ފައިސާ އިތުރުކުރުމުގެ މަސައްކަތް ފަށަންޖެހޭކަމަށް ވިދާޅުވިއެވެ. މަސް ރައްކާ ކުރެވޭނެ ސްޓޯރޭޖް އިތުރުކޮށް، އައިސް އާއި ތެޔޮ ފަސޭހަކަމާއިއެކު މިހާރަށްވުރެ އެފިޝަންޓްކޮށް ލިބޭނެ އިންތިޒާމްތައް ފަހިވާން ޖެހޭކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މިއީ އެޖެންޑާގެ އެންމެ ކުރީގައި ހައްލުކުރުމަށް ހިމަނާފައިވާ މައްސަލަތައްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރެސްކިއު ޕްރޮގްރާމަކީ ވަރަށް ބޮޑު އަދި މުހިންމު މަޝްރޫއެއްކަމަށް ފާހަގަކޮށް، މި މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަކީ ފަސޭހަކަމެއް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މި މަޝްރޫއު ފައްޓަވާ، ރާއްޖޭގެ މަސްވެރިންގެ ރައްކާތެރިކަން ކަށވަަރުކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމެވި މި ނިންމެވުމަކީ އެމަނިކުފާނުގެ ޝައުގު މި ސިނާއަތަށް އޮތްކަމުގެ ހެއްކެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޗައިނާ ދަތުރުފުޅުގައިވެސް އެންމެ އިސްކަންދެއްވީ މަސްވެރިންކަމުގެ ސިނާއަތު ކުރިއެރުވުމަށްކަމަށެވެ.

ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް އުޅަނދުފަހަރުގައި ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީން ލިބިފައިވާ “ރެސްކިއު ޑައިވަރެއް” މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ބެހެއްޓުމަށް ތަމްރީން ޕްރޮގްރާމެއް ފަށާނެކަމަށް ރައީސް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީ ކޮޅުގައެވެ.

ރައީސް ވިދާޅުވީ، އެންދެމުމަށާއި އެނޫން ވެސް ކަންކަމަށް މަސްވެރިން ވަރަށް ގިނައިން ފީނަން މޫދަށް ފައިބާ ކަމަށެވެ. މިގޮތަށް ފައިބާއިރު އަޑިއަށް ފީނުމުގެ ތެރެއިން، ހާއްސަކޮށް އެންވެރިކަމަށް ޑައިވް ކުރާއިރު، ހިތާމަވެރި ހާދިސާތައް ހިނގާ، ފުރާނައަށް ނުރައްކާވާ ހާލަތްތައް ދިމާވެފަ އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެފަދަ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް އުޅަނދުފަހަރުގައި ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީން ލިބިފައިވާ ޑައިވަރުން ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: