ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ އާއި ހަވާލުކުރި އައިސް ޕްލާންޓުތަކުގެ މަސައްކަތްތައް ކުރިއަށް ނުދޭ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައާއި ހަވާލުކުރެވިފައިވާ މިފްކޯގެ ނުވަ އައިސް ޕްލާންޓު ގާއިމުކުރުމުގެ މަސައްކަތްތައް އެއްބަސްވުންތަކާއި އެއްގޮތަށް ކުރިއަށް ނުދާކަމަށްވުމުން އަތުލާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިޔާމްވަނީ މަސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދަތިކަންކަމަށްވާ އައިސް ލިބުމުގެ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި އެ މަސައްކަތްތަކުގެ ތެރޭގައި މިވަގުތު ހުރި އުނދަގޫތަކާއި ގުޅޭގޮތުންވެސް މިނިސްޓަރު މައުލޫމާތު ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އެންމެ ފުރަތަމަ ހުށައެޅިގެންދިޔައީވެސް މަސްވެރިކަމުގެ ވުޒާރާއާއި ގުޅުންހުރި ކަރުދާހެއްކަމަށެވެ. ޝިޔާމް ވިދާޅުވީ، ހުށެއެޅިގެންދިޔައީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި ހުށައެޅިގެންދިޔަ ކަރުދާހެއްކަމަށާއި އެއާއިއެކު މިފްކޯއަކީ އެސްޓީއޯއާއި ވަކިން ހިންގާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ވެފއިވާކަމަށެވެ.

އެހެންކަމުން މިފްކޯ ބޯޑުގައި މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިން މީހަކު މިފްކޯގެ ބޯޑަށް އައްޔަނުކުރުމަށް ރައީސް މުއިއްޒު ނިންމެވިކަމަށާއި މިހާރު އެ މަސައްކަތްތަކުގެ ތެރެއިން އިއުލާނުކުރި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރެއިން ޝޯޓުލިސްޓު ކުރެވި އައްޔަނުކުރުމާއި ގާތުގައިވާކަން ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، އެ ބަދަލުތަކާއިއެކު ދުވަހުން ދުވަހަށް މިފްކޯގެ ހިންގުމުގެ ކަންކަން ހުރި ގޮތާއި ގުޅޭ މައުލޫމާތުތައް މަސްވެރިންނަށް ލިބުމުގައި ބޮޑެތި ލުއިތައް ލިބިގެންދާނެކަމަށާއި އެ ކުންފުނި ހިންގުމުގައިވެސް މިކަމުގެ ސަބަބުން މަސްވެރިންނަށް ބަަސް ބުނުމަށް ޖާގަ ފަހިވެގެންދާކަން ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ ވައުދެއްކަމަށެވެ. ޝިޔާމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީއިން ސަރުކާރާއި ހަވާލުވި އިރު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައިވެސް އެކަން ހިމެނޭކަމަށެވެ.

ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ވުޒާރާއިންވަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން މި ދަތިތައް ހައްލުކުރުމުގެ ގޮތުން މަސައްކަތްތައް ކޮށްފައިކަމަށާއި އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ އައިސް ޕްލާންޓުތައް ހުރީ އޮޕަރޭޓު ނުކުރެވޭ ހާލަތުގައިކަން ދެނެގަަނެވުނުކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުދި ކަންކަން ކޮށްގެން އޮޕަރޭޝަނަލް ހާލަތަަށް ގެނެވޭނެ އައިސް ޕްލާންޓުތައް ބޭނުންކުރެވޭ ހާލަތަށް ގެނެސްފައިވާނެކަމަށްވެސް ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ، އެ މަސައްކަތްތައް ނުނިމޭކަމަށާއި މިހާރުވެސް ހުއްޓިފައި ހުރި އައިސްޕްލާންޓުތަކުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވިދޅާުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިފްކޯގެ ބެލުމުގެ ދަށުގައި ހުރި 17 އައިސް ޕްލާންޓެއް ކުރީގެ ސަރުކާރުންވަނީ ފެނަކައާއި ހަވާލުކޮށްފައިކަމަށެވެ. އޭގެ ތެރެއިން ނުވަ އައިސްޕްލާންޓަކީ އަލަށް ގާއިމުކުރުމަށް ކަނޑައަޅާފައިވާ ތަންތަންކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ނުވަ އައިސް ޕްލާންޓު ގާއިމުކުރުމުގެ މަސައްކަތްތައް އެއްބަސްވުންތަކާއި އެއްގޮތަަށް ކުރިއަށް ނުދާކަން ފާހަގަކުރެވޭކަމަށާއި އެހެންކަމުން ބައެއް އެއްބަސްވުންތައް ޓާމިނޭޓުކޮށް އެ ވަސީލަތްތައް އަވަހަށް ގާއިމުކުރުމަށްޓަކައި އަލުން މިފްކޯއާއި ހަވާލުކޮށް ޓެންޑަރިންގް މަރުހަލާގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ބެލެވޭކަމަށް ހިއްސާކުރެއްވިއެވެ. އަދި އައިސްޕްލާންޓުތަކުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: