ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ދޭންޖެހޭ 136 މިލިއަން ރުފިޔާ މަސްވެރިންނާއި ހަވާލު ކުރެއްވިއްޖެ: މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ނިމި ދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މަސްވެރިންނާއި ހަވާލުކޮށްފިކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު، މަސްވެރިކަމުގެ ސިނާއަތު އޮތް ހާލަތު އިނގޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން ދިޔައީ މަސްވެރިންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކަކާއި އެކުގައި ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ބަލާއިރު، މަސްވެރިންނަށް ދޭންޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ ނުދެވިފައި ހުރި ކަމަށާއި އެކަން އެގޮތަށް ދިމާވީ ދައުލަތުގެ މާލީ ހާލަތު މި ވަގުތު އޮތްގޮތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވައިގެން ވެރިކަމުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި މަސްވެރިންނަށް ނުލިބިހުރި ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މިހާރު ވަނީ މަސްވެރިންނަށް ދޫކުރެވިފައި. މަސްވެރި އާއިލާތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ ވަރަށް އުނދަގޫ ތަހައްމަލްކުރާ ދުވަސްތަކެއް. މަސްވެރިންގެ ހުރި ކަންބޮޑުވުމުގެ ލިސްޓް ކުޑައެއް ނޫން. ގުންޒަރުގައި ވެސް އެކަމުގެ ވާހަކަތައް ދެކެވިގެން ދިޔައީ. މަސްވެރިން ބާނާ މަސްކޮޅަށް އަވަހަށް ފައިސާ ނުލިބުމާއި ފައިސާ ނުލިބި ގިނަ ދުވަސްވުމާއި މަސްވެރިން މަސްކޮޅު ބާނައިގެން އައިސް ވަގުތުން މަސްކޮޅު ކިރާނުލެވުން. މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން” ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރގެ ވާހަކައިގައި މަސްވެރިންނަށް ބޭނުންވާ އައިސް ލިބުމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިފައި ހުރި ޕްރޮޖެކްޓްތަކާއިއެކު އަލަށް އައިސް ޕްލާންޓް ގާއިމްކުރަން ޖެހޭ ތަންތަނުގައި އައިސް ޕްލާންޓް ގާއިމްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސްވެރިން އައިސް ބޭނުންވާ މިންވަރަށް އައިސް އުފައްދަން ބޭނުންވާ އައިސްޕްލާންޓްތައް މި ސަރުކާރުން ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: