ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ނުދެވި ހުރި 147 މިލިއަން ރޯދައިގެ ކުރިން ދޫކުރަނީ!

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސްގެ ޕްރެސް ކޮންފަރެންސް----ވަގުތު އިމޭޖަސް:އާދިން މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ނުދީ ހުރި 147 މިލިއަން ރޯދަމަސް ފެށުމުގެ ކުރިން ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެވެ.

ހަފްތާ 14 ގެ ތެރެއިން ފިޝަރީޒް މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ކަންކަމުގެ ތެރެއިން ނިިމިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މި މަހުގެ 5ވަނަ ދުވަހު މަސްވެރިންނަށް ދޫކުރުމަށްޓަކައި 50 މިލިއަން ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން މިފްކޯއިން މިހާރު ދަނީ އެފައިސާ ދޫކުރުމުގެ މައްސަކަތް ކުރަމުން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މިހާރު މިފްކޯއަށް ފޮނުވައިފައިވާ ފައިސާއަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހާއި ހަމައަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާއެވެ. އެހެންނަމަވެސް އޭގެ ފަހަށް ހުރި ދުވަސްތަކުގެ ބެކްލޮގްވެސް އޮތް ކަމަށާއި އެފައިސާވެސް މަސްވެރިންނާއި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް މިއޮތް ރަމަޟާން މަހުގެ ކުރިއަށް، މިހާރު ހުރި ބެކްލޮގް ހަމަ އެއްކޮށް ކުލިއާ ކުރެވޭނެ ކަމަށް

މަސްވެރިންނަށް ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކޫއްޑޫގައި މަސްވެރިންވަނީ އިހުތިޖާޖުކޮށްފައެވެ. އެކަމަށް އަލިއަޅުވައިލައްވައި މިނިސްޓަރ ވިދާޅުވީ އޭރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދު 298 މިލިއަނަށް އަރާ ކަމަށެވެ. އެ އިހުތިޖާޖު ހިނގަމުން ދިޔަވަގުތު މިނިސްޓަރ ވަނީ އެ ރަށަށް ޒިޔާރަތްކުރައްވާ މަސްވެރިންނަށް ދޭން ހުރި ފައިސާ ރޯދައިގެ ކުރިން ދޭނެ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެން އޭރު ކޫއްޑޫގައި ކުރިއަށްދިޔަ މުޒާހަރާގައި އަޅުގަނޑުމެން ދެ ޑޭޓެއް ދިނީ، ދެ ޑޭޓެއް ދިންއިރުގައި ދެން ފުރަތަމަ ޑޭޓުގައި ވަކިވަރެއް ވަރެއް، 100 މިލިއަން ރުފިޔާ ފުރަތަމަ ޑޭޓެއް، އެއީ 26 ފެބްރުއަރީ، އެހެންނަމަވެސް 26 ފެބްރުއަރީއަށް ވީއިރުގައި އަޅުގަނޑުމެން 105 މިލިއަން ރުފިޔާ ދެއްކިން 100 މިލިއަންގެ ބަދަލުގައި

މަސްވެރިންނަށް މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސްގެ ވައުދެއްކަމަށާއި އެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އެހެންނަމަވެސް މިސަރުކާރު ވެރިކަމާއި ހަވާލުވީިެއިރު ދައުލަތުގެ ހާލަތު މާލީގޮތުން ވަރަށްދަށްކަމަށްވެސް މިނސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެކަމަށް ހުށަހެޅި މަސްވެރިންގެ ތެރެއިން މީހަކު މިހާރު ރައީސް ވަނީ އިހުތިޔާރު ކުރައްވައިފައިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ އެ ބަދަލާއެކު މިފްކޯގައި ކުރަމުންދާ މަސައްކަތްތައް މަސްވެރިންނަށް އެނގި ކުންފުނި ހިންގުމުގައި މަސްވެރިންގެ ފަރާތުން ބަސް ބުނުމުގެ ޖާގަ ލިބިގެންދާނެ ކަމަށެވެ.

މިފްކޯގެ ބޯޑަށް މަސްވެރިއަކު އައްޔަން ކުރުމަށް ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ޖެނުއަރީ މަހުގެ 11 ވަނަ ދުވަހަށް މުއްދަތު ހަމަވި އިރު އެކަމަށް ކުރިމަތިލީ ކިތައް މީހުން ކަމެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: