ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުނަދޫގައި މަސްވެރިކަން ކުރިއެރުވުމަށް މަޝްރޫއުތަކެއް ވަނީ ރޭވިފައި: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ފުނަދޫގައި މަސްވެރިކަން ކުރިއެރުވުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސެސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުގެ ތެރެއިން މިއަދު ދަތުރުތައް ކުރައްވަމުން ގެންދަވަނީ ށ އަތޮޅަށެވެ. އެމަނިކުފާނުގެ އަރިހުގައި ވަޑައިގެން ށ ފުނަދޫގައި ހުންނަވާ ޝިޔާމް ވިދާޅުވީ ށ އަތޮޅުގައި އައިސް ޕްލާންޓެއް ބޭނުންވާކަމަށް މަސްވެރިންގެ ފަރާތުން ޝަކުވާތައް ލިބެމުންދާކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުން އަންނަކަމަށެވެ.

އެގޮތުން ރަމަޟާން މަސް ނިމުމާއިއެކު މި މަޝްރޫއު އެވޯޑުކުރާނެކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ މި މަޝްރޫއު މިފްކޯއަށް އެވޯޑު ކުރުމާއިއެކު މަސައްކަތް ފަށައިގަންނާނެކަމަށެވެ.

މި ވާހަކައިގެ ތެރެއިން މިނިސްޓަރު ވަނީ ކުރީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އައިސް ޕްލާންޓެއް ގާއިމްކުރުމަށް މި ސަރުކާރުން ދެ އަހަރު ނުނަގާނެކަމަށް ވިދާޅުވިއެވެ. އަމާޒަކީ ތިން މަސް ތެރޭގައި މަސައްކަތް ނިންމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމިގެން ތިން މަސް ތެރޭގައި އަޅުގަނޑުމެން ޔަގީން ކުރާނަން އައިސް ޕްލާންޓް ގާއިމުކުރުމަށް.

ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފުނަދޫއަކީ ފަރުމަހުގެ މަސްވެރިކަން ކުރާ ރަށެއްކަމުން، ރަށާއި ކައިރިން ވަދު ކަދުފައްޗެއް ބޭއްވުމަށް ރައްޔިތުން ބޭނުންވާތީ ފެށޭ ހަފްތާގައި އެ މަސައްކަތްވެސް ފަށާނެކަމަށެވެ. ފުނަދޫގައި މެރިކަލްޗަރ ކުރިއެރުވޭނެކަމަށް ފާހަގަކޮށް، އެކަން ފަހި ކުރުމަށް ދިރާސާ ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: