ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

25 ރުފިޔާއަށް ވިއްކާފައި ހުރި މަހަށް އެ ރޭޓުން ފައިސާ ދޭނަން: ޝިޔާމް

މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

25 ރުފިޔާއަށް ވިއްކާފައިހުރި މަހަށް އެ ރޭޓުން ފައިސާ ދައްކާ ހަލާސްކުރާނެކަމަށް މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުއްޖެއެވެ.

25 ރުފިޔާއަށް ވިއްކާފައި ހުރި މަހަށް 20 ރުފިޔާގެ ރޭޓުން ފައިސާ ދޭން އުޅޭކަމަށް ބުނެ ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން ޕޯސްޓުތައް ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ މިނިސްޓަރު ޝިޔާމް އެ މައްސަލައިގެ އިތުރުން މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.

އެގޮތުން ވަކި ފަރާތަކަށް ނާޖާއިޒް މަންފާތަކެއް ހާސިލުކޮށްދިނުމުގެ މަގުސަދުގައި މަހުގެ އަގު 20 ރުފިޔާއަށްވުރެވެސް ދަށް ކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާކަމަށް ބުނާ ވާހަކައަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުން މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެކަމަށެވެ. އަދި އެއަށްވުރެ ދަށް ނޫން އަގެއްގައި ހިފަހައްޓައިގެން ކުރިއަށް ދެވޭނެކަމަށް ގަބޫލުކުރެވޭކަމަށާއި އެހެންކަމުން އެެއްވެސް ޕްރައިވެޓު ކުންފުންޏެއްގެ މަންފާއަކަށް އެފަދަ ފިޔަވަޅެއް ނާޅާނެކަމަށް ހިއްސާކުރެއްވިއެވެ.

“25 ރުފިޔާއަށް ވިއްކާފައިހުރި މަހަށް އިރާދަކުރެއްވިއްޔާ ހަމަ 25 ރުފިޔާގެ ރޭޓުން އަޅުގަނޑުމެން ފައިސާ ދައްކާ ހަލާސްކުރާނަން” މިނިސްޓަރު ޝިޔާމް

ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ނުލިބުމުގެ ސަބަބުން ބިލުތަކާއި ލޯނުތައް ދެއްކުމުގައި ދަތިތައް ދިމާވެ ޖޫރިމަނާވެސް ވެފައިވާކަމަށްވުމުން އެ ބިލުތަކަށް ސަރުކާރުން ޒިންމާވާނެތޯވެސް މެމްބަރު ޔައުގޫބް ސުވާލުކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ބިލުތަކާއި ލޯނުތަކުގެ ޑިއުތައް ސަރުކާރުން ދައްކާ ގޮތަކަށް ނިމިފަިއނުވާކަމަށެވެ. އެހެންނަމަވެސް އެސްޑީއެފްސީ އަދި މަސްވެރިން ލޯނު ނަގާފައިވާ ބެންކުތަކާއި މަޝްވަރާތައްކޮށް ލުއި ހޯދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ބައެއް ފަރާތްތަކަށް ރީސްޓްރަކްޗާ ކޮށްދިނުމުގައި ކާމިޔާބުވެފައިވާކަމަށްވެސް ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ 25 ރުފިޔާއަށް ވިއްކާފައި ހުރި މަހަށް 20 ރުފިޔާގެ ރޭޓުން ފައިސާ ދޭން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށްވެސް އަލިއަޅުއްވާފައެވެ. ޝިޔާމް ވިދާޅުވީ، 25 ރުފިޔާއަށް ވިއްކާފައިވާ މަހަށް ސަރުކާރުން ފައިސާ ދައްކާ ހަލާސްކުރާނީ އެ ރޭޓުންކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: