ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ފަލްސަފާއަކީ ޖެއްސުންކުރުމާއި ސަރުކާރު ހިނގިޔަ ނުދިނުން: ޝިޔާމް

ޕީޕީއެމް/ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރ ޝިޔާމް ވަހަކަ ދައްކަވަނީ-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު އެމްޑީޕީގެ ސަގާފަތާއި ފަލަސްފާއަކީ އޭރަކު އޮންނަ ސަރުކާރަކަށް ޖެއްސުންކޮަށް ހިނގިޔަ ނުދިނުންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހދ ހަނިމާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ޝިޔާމްވަނީ އެމްޑީޕީގެ ފަރާތުން ނޭދެވޭ އަމަލުތަކެއް ފެންނަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ޖެއްސުންކުރި މިންވަރަށް މީގެ ކުރިން ކޮށްފައިވޭތޯ ސުވާލު އުފައްދަވާ މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒު އިންތިހާބުވެވަޑައިގަތީ ބޮޑު އަގުލަބިއްޔަތަކުން ނަމަވެސް އެމަނިކުފާނު އަދިވެސް އެ އުޅުއްވަނީ ކެބިނެޓަށް ފުރިހަމައަށް ރުހުން ނުލިބިގެންކަމަށެވެ.

ޝިޔާމް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މިހާރު ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްވުމަށްކަމަށެވެ. ރައީސް މުއިއްޒުވެސް ބޭނުންވެވަޑައިގަންނަވަނީ މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެ ރައްޔިތުންގެ މަސައްކަތްތަކައިގެން އަވަސްވެގަތުމަށްކަމަށެވެ.

ޝިޔާމް ވިދާޅުވީ، އިދިކޮޅުގައި އޮންނައިރު ސަރުކާރަކާއިއެކު މަސައްކަތްކުރަން އެނގެންވާނެކަމަށެވެ. އެހެންނަމަވެސް އެމްޑީޕީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނަ އިރު އެ ޕާޓީގެ ސަގާފަތް ނުވަތަ ފަލްސަފާއަކީ ސަރުކާރަށް ޖެއްސުންކުރުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އެމްޑީޕީ އިދިކޮޅުގައި އޮންނަ އިރު ގެންގުޅޭ ވިސްނުން ނުވަތަ ފަލްސަފާއަކީ ޖެއްސުންކޮށް ހިނގިޔަ ނުދިނުމާއި ސަރުކާރަށް މަސައްކަތްތައް ކުރުމަށް ހުރަސްއެޅުމަކީވެސް އެ ޕާޓީގެ ފަރާތުން ފެނިގެންދާ އަމަލެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރާއިއެކު ތިއްބަވާނެ މެމްބަރުންތަކެއް މަޖިލީހަށް އައްޔަނުކުރަން މުހިންމުވަނީ އެ ސަބަބާއި ގުޅިގެންކަމަށެެވެ. ޝިޔާމް ވިދާޅުވީ، ރިޔާސީ ދައުރެއްގައި ސަރުކާރަކަށް ލިބޭނީ ފަސް އަހަރުކަމަށާއި ރައްޔިތުން މިނާނީ އެ ފަސް އަހަރުގެ ތެރޭގައި ރައީސްއަކު އެ މީހުންނާއިއެކު ކުރައްވާ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ އެމަނިކުފާނުގެ ތަސައްވުރާއި އެއްގޮތަށް ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމަށްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ބޯ ފޮތެއްގެ ގޮތުގައި އެކުލަވާލާފައިވާކަމަށާއި ވައުދުތަކަށް ނުފިއްލަވާނެކަން އެކަމުން ސާފުވެވަޑައިގަންނަވާކަމަށް އަލިއެޅުއްވިއެވެ. ޝިޔާމް ވިދާޅުވީ، އެމަނިކުފާނު ދައުރުގެ ކުރީ ކޮޅު ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރައްވަމުންދާކަމަށާއި މީގެ ކުރިން ވެރިކަމަށް ވަޑައިގެންނެވި ފަރާތްތަކުން ރައްޔިތުންނާއި މިހާ ގާތުން ހަރަކާތްތެރިވެވަޑައިގެންފައި ނުވާކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ފެނިގެންދަނީ ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ވެރިކަމަށް ވަޑައިގަތުމުގެ ތަފާތުތައްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: