ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މަސްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފި

މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސެސް އަހުމަދު ޝިޔާމް. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް އައިރު މަސްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސެސްއިން ހާމަކޮށްފިއެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

މިގޮތުން އިއްޔަ މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާއާއެކު ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށްދީފައިވާނެކަމަށް ބުނިއެވެ. މި ފައިސާ ދޫކޮށްފައި މިވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތް މައްސަލައިގައި ދާދި ފަހުން ކޫއްޑޫގައި އިހުތިތާޖު ކޮށްފައިވަނިކޮށްންނެވެ.

މިނިސްޓްރީއިން ބުނީ ބެކްލޮގްގައި ހުރި ފައިސާވެސް މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

އިއްޔަ ދިން ފައިސާއާއެކު މަސްވެރިންނަށް ފާއިތުވި ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެން ވަނީ ދޫކުރެވިފައިކަމަށް މިނިސްޓްރީއިން ބުނިއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 88%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: