ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ދެ ބައި އިލެކްޝަން ކާމިޔާބު ކުރުން، ރުކުމާ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބު ކަށަވަރުކަމަށް!

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ސެނެޓް މެމްބަރު މުހައްމަދު އަބްދުލް ކަރީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ބޭއްވި ބައި އިލެކްޝަން އިން ޕީޕީއެމަށް ކާމިޔާބީ ލިބުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އެއްބުރުން ކާމިޔާބުވާނެކަމުގެ ދަލީލެއްކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ސެނެޓް މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

އިއްޔެ ހަތަރު ރަށެއްގައި ބައި އިލެކްޝަން ކުރިއަށް ގެންދިޔައިރު، އޭގެ ތެރެއިން ރަސްމާދޫ އާއި، ގުރައިދޫގެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމުންނެވެ. އަދި އެމްޑީޕީން ވެސް ދެ ގޮނޑި ކާމިޔާބު ކުރި އެވެ.

އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކޮށް، ކުރި ޓުވީޓެއްގައި ރުކުމާ ވިދާޅުވީ ށ. މާއުނގޫދޫ އާއި ތ. ގުރައިދޫ އަދި ލ. ދަނބިދޫގެ ރ. ރަސްމާދޫ ވޯޓުގެ 54 އިންސައްތަ ލިބުނީ ޕީޕީއެމަށްކަމަށެވެ.

ހަތަރު ބައި އިލެކްޝަންގެ ތެރެއިން އެމްޑީޕީން ދެ ގޮނޑި ކާމިޔާބު ކުރި ނަމަވެސް، އިންތިހާބުގެ ޖުމްލަ ވޯޓުތައް އެއްކުރުމުން ގިނަ ވޯޓު ލިބެނީ ޕީޕީއެމަށެވެ. އެއީ 1،112 ވޯޓެވެ. އެމްޑީޕީއަށް ހަތަރު ދާއިރާގެ އިންތިހާބުން ޖުމްލަ ލިބުނީ 713 ވޯޓެވެ. މިއީ 20 އިންސައްތައިގެ ބޮޑު ތަފާތެކެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޭއްވި އައްޑޫ ހިތަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގެ ބައި އިލެކްޝަން ވެސް ކާމިޔާބު ކުރީ އިދިކޮޅުންނެވެ. އަބްދުލް ކަރީމް ވިދާޅުވީ ރައީސް ޔާމީން 2023 ގެ ރިޔާސީ އިންތިހާބު އެއްބުުރުން ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކައުންސިލްތަކާއި، އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ފަހަކަށް އައިސް އިސްތިއުފާ ދިނުން އާއްމުވެ ދާއިރާތަކުގެ ބައި އިލެކްޝަންތައް ކައިރިކައިރީގައި ބާއްވަން ޖެހެ އެވެ. މިހާތަނަށް ބޭއްވި އިލެކްޝަންތަކުގައި ޕީޕީއެމާއި، އެމްޑީޕީން ވެސް ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފަ އެވެ.

މި ބައި އިލެކްޝަންތަކުގެ ނަތީޖާ އަކީ، ނުވަތަ ރައްޔިތުންގެ ޖުމްލަ ވޯޓު އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއި މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހާމަވާކަމަށް އިދިކޮޅުން ދެކެ އެވެ. އަދި އިންތިހާބުތަކުގައި ޕީޕީއެމުން ހޯދި ކާމިޔާބީތަކަށް ބަލައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: