ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޔޮ އަމަލު ކުރުމުގައި އިހްލާސްތެރިވުމަށް ހުތުބާގައި ގޮވާލައިފި

ހުކުރު ހުތުބާގެ ތެރެއިން: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާތް ﷲ ދުނިޔޭގައި ލެއްވި އެކަލާނގެ އަޅުން އިމްތިހާނު ކުރައްވާނެކަމަށާއި، ހެޔޮ އަމަލު ކުރުމުގައި އިހްލާސްތެރިވުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދު ހުތުބާގައި ގޮވާލާފައިވަނީ ހެޔޮ އަމަލުކުރުމުގައި ތަގްވާވެރިވުމަށެވެ. ކޮންމެ މުއުމިނަކު ވެސް ކުރާ ހެޔޮ އަމަލުތަކުގެ ސަވާބު ނެތިކޮށްލާ ކަންތަކުގެ ތެރޭގައި ކުޑަ ޝިރްކް ހިމެނޭ ކަމަށް ހުތުބާގައި ބުނިއެވެ. ހުތުބާގައި ބުނި ގޮތުގައި ކުޑަ ޝިރްކައަކީ ވަރަށް ވަންހަނާކަން ބޮޑުކަން ބޮޑު ކަންކަން ކަމުގައެވެ. ކަޅު އަނދިރި ރޭރޭގައި، ކަޅު ހިލަމަތީގައި، ކަޅު ހިނި ހިރޭ ހިރުމަށް ވެސް، ކުޑަ ޝިރްކްގެ ވަންހަނާކަން ބޮޑުކަމަށް ހުތުބާގައި ބުނިއެވެ.

ކުޑަ ޝިރްކްކޮށް ވަންހަނާ ކުރުމުގައި ދެމިތިބޭ މުއުމިނުންނަށް ސަވާބު ނެތިވުން ފިޔަަވައި އިތުރު އެހެނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ބުންޏެވެ. އެގޮތުން މީހަކު ކަމެއް ކުރާ އިރު އެކަން މާތް ﷲ އަށް ހާލިސް ނުކުރާނަމަ އާހިރަތް ދުވަހުން މީސްތަކުންގެ ކުރިމަތީގައި ފަޟީހަތް ވާނެ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި އަމިއްލަ އެދުން ބޮޑުވުމާއި އެކު އިހްލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެއެވެ. ފަހުރުވެރިކަމާއި މަޝްހޫރުކަމަށް ލޯބިކުރާ ވަރަކަށް، އިހްލާސްތެރިކަން ފަނޑުވަމުންދާނެއެވެ. އަދި މާތް ﷲ ގަބޫލު ކުރައްވާނީ އެއްވެސް ކިލަނބުކަމެއް ނެތް، ސާފު ސާލިހު އަމަލުތައްކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ ކަންދެއްކުމުގެ ނުބައި ކަމަށް އަލިއަޅުއްވާލައްވާފަ އެވެ. ކަން ދެއްކުމަކީ ފާސިގުންގެ އަމަލެއްކަމަށާއި އެއީ ރަނގަޅު ސޯލިހު އަމަަލުތައް ފާސިދުވެގެންދާ ކަމެއްކަމުގައި ވެސް ހުތުބާގައި ބުނިއެވެ.

މީހުންނަށް ދެއްކުމަށްޓަކައި މުދާ ހޭދަކުރާ މީހާއަށް އޭނާ ހޭދަ ކުރި މުދަލާއި ދިން ސަދާގަތައް އާހުރަތް ދުވަހު ދެވޭޏެ އިނާމެ ނެތްކަމަށް ހުތުބާގައި ގޮވާލާފައިވާ އިރު، މިފަދަ މީހެއްގެ މިސާލަކީ އ ހިޔަލެއްގައި މަތީގައި ވެލިތަކެއް ހުށްޓައި، އެ ހިލައިގެ މައްޗަށް ބޯ ވާރޭ ގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިޔަލެއްގެ މިސާލެއްގެ ގޮތުގައެވެ. އެހެންކަމުން އެމީހަކު ކުރާ ހެޔޮ އަމަލަށް އާހިރަތް ދުވަހުން އެމީހުންނަށް އެއްވެސް ސަވާބެއް ނުލިބޭނެއެވެ.

ހުތުބާގައި ވަނީ އާހިރަތް ދުވަހުން އެންމެ ފުރަތަމަ ނަރަކައަށް ވައްދާނީ ކަންދައްކާ މީހުން ކަން ފާހަގަކޮށްފަ އެވެ. އަދި މާތް ﷲ ދެއްވެވި ނިއުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނީ ކޮން ބައެއްތޯ ވަނީ ސުވާލު އުފައްދާފައެވެ. އަދިކުރާ މަސައްކަތުގައި އިހްލާސްތެރިވަނީ ކިތައް މީހުންތޯ ވެސް ސުވާލު އުފައްދާފައެވެ. އަދި އުހްރަވީ ހަޔާތް ބާއްޖެވެރި ކުރުމަށް މަސައްކަތް ކުރަނީ، މުއުމިނުންގެ ތެރތެއިން ކުތައް މީހުންތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ.

ހުތުބާގައި، މުއުމިނުންގެ ބަހާއި، އަމަލާއި ނިޔަތުގައި މާތް ރަސްކަލާނގެއަށް އިހްލާސްތެރި އަޅުތަކުންކަމުގައި ކެއްވުމަށް ވަނީ ދުއާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: