ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއިން ވިއްކަން ކަނޑައެޅި 60 ބިން މާލެ މީހުންނަށް ހާއްސަކޮށްފި

ހުޅުމާލެ ފޭސް ދޭއް ބްރިޖު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލެ މީހުންނަށް ވިއްކާގޮތަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އުސޫލަށް ބަދަލުގެނެސްފި އެވެ.

އެޗްޑީސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކުރި އިއުލާންގައި މި ބިންތައް ވިއްކަން ހުޅުވާލީ، ދިވެއްސެއް ނަމަ ކޮންމެ މީހަކަށްވެސް ބިން ގަނެވޭ ގޮތަށެވެ. ނަމަވެސް، ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވާ ބިންތައް ހަމައެކަނި މާލޭގެ ރަޖިސްޓްރީ އޮތް މީހުންނަށް ގަނެވޭ ގޮތަށް އެޗްޑީސީން އުސޫލަށް ބަދަލު ގެނައީ އާއްމުންގެ ފަރާތުން އައި ކަންބޮޑުވުންތަކާއި، ޝަކުވާތަކަށް ފަހު އެވެ.

މިހާރު ބީލަމުގައި ބައިވެރި ވުމުގެ ޝަރުތު ތަކަކީ:

  • މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށް ވުން
  • އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ އެއް ވަނަ ފިޔަވަހިން އަދި ދެވަނަ ފިޔަވަހިން ބީލަން އުސޫލުން ބިމެއް ގަނެފައިވާ ފަރާތކަށް ނުވުން
  • މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ނުވުން
  • 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން
  • މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް، އެކަކަށް ވުރެ ގިނަ މީހުންގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ، 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ނުވުން

އެހެންކަމުން، ޝަރުތުތަކަށް ގެނައި މި ބަދަލުގެ އިތުރުން ބިޑު ކުރުގައި އަމަލު ކުރާ އުސޫލަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އަދި ބިޑު ކުރާ ފަރާތުގެ އަގުތައް އެއްވަރުވެއްޖެ ނަމަ ކުރިމަތިލާ އެންމެންގެ ހާޒިރުގައި ނަންތައް ތަރުތީބުކޮށް ގުރުއަތުލުމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލޭގެ 2 ވަނަ ފިޔަވަހިން 60 ބިން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ ބިމެވެ. އަދި އެޗްޑީސީއިން ބުނީ އެ ބިންތަކަށް ބީލަމަށް ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

މީގެއިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ 2 ވަނަ ފިޔަވަހިން ބިން ވިއްކައިގެން ކުންފުނިން ވަނީ 433 މިލަން ރުފިޔާ ހޯދާފައެވެ. އަދި އެ ފަހަރު އަކަފޫޓެއް ވިއަކާފައި ވަނީ 3،000 ރުފިޔާގެ މަގުންނެވެ.

ބިންތައް ވިއްކަން ނިންމާފައިވަނީ ހުޅުމާލޭގެ އަތިރިމަތީ ”ބީޗް ފްރޮންޓު“ ސަރަހައްދުންނާއި އަދި އަތިރިމަތި ކައިރިން ”ބީޗު ސައިޑު“ އިންނެވެ. އަދި މީގެ ތެރެއިން ”ބީޗް ފްރޮންޓު“ ސަރަހައްދަށް ބީލަށް ފޯމް އަންނަ ފެބްރުއަރީ ހައެއްގެ ކުރިން ހުށަހަޅަން ޖެހޭއިރު ”ބީޗު ސައިޑު“ އަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 16 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: