ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމް ސްޓޭއަކީ ބޮޑުދައިތައަށް ފޯރުކޮށްދޭ ގޮދަން ގޯންޏެއް: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހޯމް ސްޓޭ ތައާރަފްކުރެވުމާއި ގުޅިގެން ޖަމިއްޔަތުއް ސަލަފުން ނުރުހުން ފާޅުކުރުމާއި ގުޅިގެން އެ ޖަމިއްޔާއަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.

އިއްޔެ ޖަމިއްޔަތުއް ސަލަފުން ނެރުނު ބަޔާނުގައި ބުނީ ޒަމާނުއްސުރެ ދިވެހިންނަކީ ރިވެތި އަހްލާގާއި ހަރުދަނާ ދިރިއުޅުމުގެ ސާދާ ވައްޓަފާޅިއަކަށް ދިރިއުޅެމުން އައިސްފައިވާ ސައްތައިން ސައްތަ އިސްލާމީ ސުންނީ މުޖުތަމައުއެއް ކަމަށެވެ. އަދި ފުދުންތެރިކަން އިތުރުކޮށް ތަރައްގީގެ މަގުގައި ގައުމު ފިޔަވަޅުތައް އަޅަމުން މިހާ ހިސާބަށް އައިސްފައިވާއިރު ވެސް ދިވެހީން ސާދާ ދިވެހިވަންތަ ވައްޓަފާޅި ދެމެހެއްޓުމަށް އިސްކަންދީފައިވާކަން ތާރީހު ހެކިދޭ ކަމަށެވެ. ނަމަވެސް ތަރައްގީގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ތައާރަފުކޮށް ބަނގުރާ އާންމުކުރުމަށް ހައްދުފަހަނައަޅާފައިވާ ލާދީނީ ބާރުތަކުން މަސައްކަތް ކޮށްފައިވާކަމީ މާޒީން ފެންނަށް އޮތް ހަގީގަތެއް ކަމަށާއި އޭގެ ބައެއް ކަންކަން ރައްޔިތުން ނުކުމެ ހުއްޓުވާފައިވާއިރު އަނެއްބައި ކަންކަން ފައިސާގެ ދަހިވެތިކަން ދައްކައިގެން ރައްޔިތުން ލައްވާ ކުރަމުންދާ ކަމަށް ސަލަފުން ބުންޏެވެ.

ސަލަފަށް ފާޑުކިއުން އަމާޒުކޮށް ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންގެ އަގީދާ އާއި މެދު ޝައްކު އުފައްދުމާއި ނަފްރަތު ޕްރޮމޯޓު ކުރުމަކީ ޖަމިއްޔާތަކުގެ މަގްސަދާއި ހިލާފު ކަމެއްކަމުގައެވެ. އަދި “ހޯމް ސްޓޭއަކީ އެއީ ބޮޑުދައިތައަށް ފޯރުކޮށްދޭ ގޮދަން ގޯންޏެއް” ގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

ބޮންޑޭ މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެއަށް ހޯމް ސްޓޭ ތައާރަފުވުމަކީ ގައުމުގެ އިގްތިސޯދަށާއި ފަތުރުވެރިކަމަށް ލިބިގެންދާ ކުރިއެރުމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުންނެވެ. އެގޮތުން ހޯމް ސްޓޭގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވެ، އިގްތިސޯދަށް ލިބޭ މާލީ މަންފާ އިތުރުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނަކީ ހަމައެކަނި މުސްލިމު ނޫން ބައެއް ނޫން ކަމަށާއި، މުސްލިމް ފަތުރުވެރިންވެސް ގައުމަށް ޒިޔާރަތްކުރާ ކަމަށް ފާހަގަކުރެވެއެވެ.

ޖަމިއްޔަތުއް ސަލަފުން ނެރުނު ބަޔާނުގައި މާލީ މަންފާއަށްޓަކައި ދަރިންގެ މުސްތަގުބަލު ނުރައްކަލަށް ވައްޓާނުލުމަށް ރައްޔިތުންނަށް ގޮވާލާފައިވާއިރު، މިބަޔާނަށް އެމްޑީޕީގެ މެމްބަރުން ދަނީ ރައްދުދެމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: