ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮންލައިން ލައިބްރަރީއަކީ ރަނގަޅު ތައުލީމީ ނިޒާމެއް ގާއިމުކުރުމަށް ހުޅުވާލެވޭ މަގެއް: މިނިސްޓަރ ހަސަން

މިނިސްޓަރ ޑރ އިބްރާހިމް ހަސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަތީ ތައުލީމު އުނގަންނައިދޭ ކޮލެޖް އަދި ޔުނިވާސިޓީތަކަށް އޮންލައިން ލައިބްރަރީ އަކަށް އެކްސެސް ލިބުމަކީ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއް ގާއިމުކުރުމަށް ހުޅުވާލެވޭ މަގެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އޮންލައިން ލައިބްރަރީ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ހަސަން ވިދާޅުވީ، މިފަދަ ހިދުމަތެއް ގާއިމުކުރެވުމަކީ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމަކަށް ލިބޭ ފުރިހަމަކަމެއް ކަމަށެވެ. އަދި މިފަދަ ހިދުމަތެއް ފޯރުކުރެވޭ އިރު މައިގަނޑު 2 ކަމަކަށް އަލި އަޅުވާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ސަރުކާރުގެ ހަރަދުގައި އޮންލައިން ލައިބްރަރީ އެކްސެސް ދެވުމަކީ އެއީ ސަރުކާރުން އަބަދުވެސް ކުރަން ބޭނުވި ކަމެއް ކަމުގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަކީ ތައުލީމު އުންގަންނައި ދިނުމާއި އުނގެނުމަށް ބޭނުންވާ ފުރުސަތުތައް ފަހި ކޮށްދޭން ބޭނުންވާ ސަރުކާރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ލައިބްރަރީ ތަކަށް އެކްސެސް ލިބުމާއި އެކު ދަރިވަރުންނަށް އަދި އުނގަންނައިދޭ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މި ލައިބްރަރީތަކަކީ ގިނަ މައުލޫމާތު އެކުލެވިގެންވާ ލައިބްރަރީތަކަކަށް ވުމަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ވެސް މައުލޫމާތު ހޯދުމުގައި އާއި ތައުލީމު އުނގެނުމަށް ލިބޭ ފަސޭހައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އުނގެނުމަކީ ހަމައެކަނި ސަނަދު ހާސިލުކުރުމަށް ކުރާ ކަމެއް ނޫނެވެ. އަދި ސަނަދުގެ އިތުރުން ދިރިއުޅުމުގެ ކަންކަން ހާސިލުކުރަން އުނގެނުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ސަނަދު އޮތަސް މިހާރު ވަޒީފާ ހޯދުން އެއީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. ރައްޖޭގެ ވަޒީފާގެ މާހައުލުގައި މިހާރު ކުރެވޭ އިންޓަވިއު އަށާއި އުނގެނޭ މިންވަރު ކަށަވަރު ކުރުން މާ މުހިންމު ކަމަށެވެ. އެހެންކަމުން މިފަދަ ރަނގަޅު ވާދަވެރިކަމެއް އޮތް މާހައުލެއް އޮތުމަކީ ތައުލީމީ ދާއިރާއަށް ލިބޭ ކުރިއެރުމެއް ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.

ހަމައެއާއި އެކު މިނިސްޓަރ ގަބޫލުކުރާ ގޮތުގައި މަތީ ތައުލީމު އުނގަންނައިދޭ ހުރިހާ އިންސްޓިޓިއުޓް ތަކަކީ އެއް ބޮޑު އާއިލާއެކެވެ. އާއިލާއެއް ރަނގަޅު ގޮތުގައި ބައްޓަން ކުރެވެނީ ހުރިހާ ފަރާތަކުން އެއްބާރުލުން ދީގެން ކަމަށާއި އާއިލާގެ އިސްވެރިންގެ ދައުރަކީ އެކުވެރިކަމާއި އެކު ގުޅިގެން އާއިލާއަށް ކުރިއެރުން ހޯދައި ދިނުން ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.

ޑރ. ހަސަން ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމަކީ އެއް އާއިލާ ކަމުގައި އިޝާރާތް ކުރައްވާފައެވެ. އަދި ތައުލީމު އުނގަންނައިދޭ ހުރިހާ ފަރާތަކުންވެސް އެކުގައި ގުޅިގެން މަސައްކަތް ކޮށްފި ނަމަ ރާއްޖޭގެ ތައުލީމީ ނިޒާމް އައު ހަރުފަތަކަށް ދާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ގާއިމުކުރެވިގެން ދިޔަ ސްޓެޓިސްޓިކް ޕޯޓަލް އަކީ މިނިސްޓްރީއަށް ފޮރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ލިބޭ އިތުރު ފަސޭހައެއްކަމަށެވެ. މި ޕޯޓަލް ބޭނުން ކުރާނެ ގޮތް ދަސްކޮށް ދިނުމަށް ހުރިހާ ފަރާތްތަކަށް ހާއްސަކޮށްގެން ސެޝަން ތަކެއް މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ކަމަށާއި މިހާރު މި ޕޯޓަލް ބޭނުންކުރާނެ ގޮތާއި، މައުލޫމާތު ހިއްސާކުރާނެ ގޮތްތައް ތަމްރީނުކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ކޮންމެ ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން މިނިސްޓްރީއަށް ފޯރުކޮށްދޭންޖެހޭ ތަފާސްހިސާބުތައް ފޯރުކޮށްދިނުމާއި އެކ މިނިސްޓްރީއިން ހަދަންޖެހޭ ރިޕޯޓުތައް ހެދުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ހިއްސާ ކުރަންޖެހޭ ރިޕޯޓުތައް ހިއްސާކުރުމުގައި ވަގުތު އަވަސްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޮންލައިން ލައިބްރަރީ ހިދުމަތް ރާއްޖޭގެ މަތީ ތައުލީމު އުނގަންނައިދޭ ފަރާތްތަކަށް ފޯރުކޮށްދޭން ފަށާފައިވަނީ ޖޭ-ސްޓޯ އާއި ގުޅިގެންނެވެ. އަދ މި ހިދުމަތް އިފްތިތާހު ކޮށްފައިވަނީ މިއަދުއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: