ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ކުޅުދުއްފުށި ސިޓީ-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ ސިޓީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތައް ފިޔަވާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މާސް ރަނގަޅަށް ބޭނުންކުރުމަށާއި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށްވެސް އެދިފައި ވެއެވެ.

ރޭންޑަމް ސާމްޕަލްތަކާއި ފުލޫ އޯފީޑީއަށް ދައްކާ މީހުންވެސް ޕޮޒިޓިވްވަމުން ދާއިރު ކައުންސިލުން ވަނީ ބަލީގެ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޓެސްޓް ކުރުމަށް އެދިފައެވެ.

މިވަގުތު ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 200 އާއި ގާތްކުރާ އަދަދެއްގަ އެވެ. އަދި ހދ އަތޮޅުގެ 10 ރަށަކުން ވަނީ ކޮވިޑް ކޭސްތައް ފެނިފައެވެ. އޭގެތެއިން 3 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: