ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާޓާޑް އެކައުންޓަންޓްކަން ކިޔެވުމަށް ހުޅުވާލި ސްކޮލަޝިޕްގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވަނީ!

ގިނަ އަދަދެއްގެ ސްކޮލަޝިޕް ފުރުސަތުތަކަށް މިހާރުވެސް ވަނީ ހުޅުވާލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާޑާޓް އެކައުންޓަންޓްކަން ކިޔެވުމަށް ހުޅުވާލާފައިވާ ސްކޮލަޝިޕްގެ ފުރުސަތު ބުރާސްފަތި ދުވަހަށް ހަމަވާނެކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރގެ ޑިރެކްޓަރ އާމިނަތު އަސްރާ ވިދާޅުވީ ޑިސެމްބަރު މަހުގެ ފަހުކޮޅު ހުޅުވާލި ޗާޓާޑް އެކައުންޓަންޓުންގެ ސްކޮލަޝިޕްގެ ފުރުސަތުތައް މިމަހުގެ 20 ވާ ބުރާސްފަތި ދުވަހު ހަމަވާނެ ކަމަށެވެ.

ދިވެހީން އެކައުންޓަންޓުންގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ޚަރަދުގައި 150 ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކުރީ ހުސްވި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

މި ސްކޮލަރޝިޕް ތަކުގައި ކިޔަވަން ހަމަޖެހިފައިވަނީ:
1. ACCA ސްކިލްސް ލެވެލް،
2. ACCA ޕްރޮފެޝަނަލް ލެވެލް،
3. CIMA މެނޭޖްމަންޓް ލެވެލް،
4. CIMA ސްޓްރެޓީޖިކް ލެވެލް، އަށެވެ.

މިނިސްޓްރީއިން ހުޅުވާލާފައިވަނީ 150 ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމުގެ ސްކޮލަޝިޕްގެ ފުރުސަތުތަކަށެވެ. 150 ސްކޮލަޝިޕްގެ ތެރެއިން 50 ފުރުސަތު ސަރުކާރުގެ އިދާރާތަކަށް ޚާއްސަ ކޮށްފައިވާއިރު، ބާކީ 100 ފުރުސަތު ޕްރައިވެޓް ސެކްޓާ ނުވަތަ އަމިއްލަ ފަރާތްތަކަށް ވަނީ ޚާއްސަކޮށްފައެވެ.

އަސްރާ ވަނީ ބައެއް ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ވަރަށް ގިނަ ދަރިވަރުން ކުރިމަތިލާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ބައެއް ދާއިރާތަކުންނާއި ބައެއް ގައުމުތަކަށް ކިޔަވަންދިޔުމަށް އަދިވެސް އުންމީދުކުރާ ވަރުގެ ތަރުހީބެއް ނުލިބޭކަމަށް ވިދާޅުވިއެވެ. ދިވެހިންގެ މެދުގައި އާންމުގޮތެއްގައި މަގްބޫލް ނޫން ކޮލެޖްތަކަށް ކިޔަވަން ދިޔުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް ކަމަށާއި އެކޮލެޖްތަކަކީވެސް ފެންވަރުގެ ގޮތުން ބަލާއިރު ރަނގަޅު ކޮލެޖްތަކެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީގެ ޑިރެކްޓަރ އިބްރާހިމް ނަސީމް ވިދާޅުވީ އިތުރު ބައެއް ސްކޮލަޝިޕްތަކަށް މިހާރުވެސް ހުޅުވާލާފައިވާކަމަށެވެ. އޭގެ ތެރެއިން ބައެއް ފުރުސަތުތައް މިމަހުގެ ނިޔަލަށްވެސް ހަމަވާނެކަމަށް ވިދާޅުވިއެވެ. މިހާރު ހުޅުވާލާފައިވާ ސްކޮލަޝިޕްގެ ފުރުސަތުތަކުގެ ތެރޭގައި ޖަޕާން އަދި ޗައިނާގެ ކޮލެޖުތަކުން މާސްޓާޒް ހެދުމަށް ހުޅުވާލާފައިވާ ފުރުސަތުތަކެއްވާކަން ވަނީ ފާހަގަކުރައްވާފައެވެ. ޗައިނާއިން މާސްޓާޒް ހެދުމަށް ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި ގިނަ ދާއިޜާތަކަކުން ތައުލީމް ހާސިލްކުރުމަށް ފުރުސަތުތަައް ހުރިކަން ނަސީމް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޖަޕާންއިން ހަދިޔާކޮށްފައިވާ ސްކޮލަޝިޕްގެ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ހަ ދާއިރާއެއްކަމަށް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ސްކޮލަޝިޕްތަކަށް ދާ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު ދެ އަހަރުވަންދެން ރާއްޖެއަށް ހިދުމަތްކުރުމަށް ބޮންޑް ކުރެވޭނެކަމަށެވެ. ވަކި ކުންފުންޏަކުން ނުވަތަ އިދާރާއަކުން ވަޒީފާ ދިނުމަށް މިވަގުތު ބޮންޑްނުކުރާ ކަމަށާއި ވަޒީފާގެ ބާޒާރު އެއަށްވުރެ ކޮމްޕެޓެޓިވްކަމަށް ނަސީމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ދޫކުރާ ސްކޮލަޝިޕްތަކުގެ އިތުރުން މިހާރުވެސް ލޯން ސްކީމްތައް ދޫކުރުމާއި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: