ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫނު ބުރުގާއާއި އެމްޑީޕީ ދެކޮޅު: މުޖުތަމައު ބޭނުންވަނީ ޓީޗަރުންގެ މޫނު ފެންނަހެން ތިބެން!

ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތަކުގައި ކިޔަވައިދޭއިރު މޫނުބުރުގާ އެޅުމާއި ދެކޮޅުކަން ހާމަކޮށް މުޖުތުމައު ބޭނުންވަނީ ޓީޗަރުން ކިޔަވައިދޭއިރު މޫނުބުރުގާ ނަގައިގެން ތިބުމަށްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފިއެވެ.

މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭނެކަން އެޑިޔުކޭޝަން މިނިސްޓްރީއިން ސްކޫލްތަަކަށް އެންގުމާއި ގުޅިގެން އެކަމާއިމެދު ބަހުސްކުރެވެމުންދާއިރު އެމްޑީޕީގެ ގިނަ މެމްބަރުން އަންނަނީ މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމާއި ދެކޮޅަށް ޓުވީޓު ކުރަމުންނެވެ. ޕާޓީއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ދިވެހި މުޖުތަމަޢުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ، އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ބައެއް ކަމަށެވެ.

ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މިމިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައިވާކަމަށް އެމްޑީޕީއިން ބުނެއެވެ. ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވާދެއްވުމަށް ދަރިވަރުންނާ ބައްދަލުކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަގީންވާންޖެހޭނެކަމަށް ޕާޓީއިން ދެކޭކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން މިމޭރުމުން ވާހަކައެއް ދައްކާ މީހަކީވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު ޕާޓީއިން ކަންބޮޑުވާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ފާހަގަކޮށް އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ބަޔާނުގައި ވަނީ ގޮވާލާފާއެވެ.

އެމްޑީޕީ މެމްބަރުން އަންނަނީ މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމާއި ދެކޮޅު ހައްދަވަަމުންނެވެ. އެގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މޫނު ނަގައިގެން ކިޔަވައިދޭން ޖެހޭކަމަށާއި ދަރިވަރުންނާއި ރަނގަޅު ގުޅުމެއް ބޭއްވުމަށްޓަކައިވެސް އެކަން ކުރަންޖެހޭކަމަށް އެމްޑީޕީ މެމްބަރުން އަންނަނީ ފާހަގަކުރައްވަމުންނެވެ.

 

މޫނުބުރުގާ އަޅާ މުދައްރިސުން ކިޔަވައިދޭ ވަގުތުތަކުގައި މޫނު ފޮތިކޮޅު ނެގުމަށް ނުވަތަ މޫނު ނުފޮރުވުމަށް އެޑިޔުުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ވަނީ ސްކޫލްތަކަަށް އަންގާފައެވެ. މޫނުބުރަރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވައިނުދެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް އަންގާފައިވާކަމުގެ ހަބަރުތައް ދައުރުވުމާއެކު ގިނަ ބަޔަކު އަންނަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މީގެކުރިން ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާދީފައިވާ މުދައްރިސުން އަންނަނީ އެކަމަކީ ނުކުރުވޭ ވަރުގެ ކަމެއް ނޫން ކަމަށާއި މޫނު ބުރުގާ އެޅިކަމުގައިވިޔަސް ދަރިވަރުންނާއި ބެލެނިވެރިންގެ ލޯބި ލިބޭކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަންނަނީ ޚިޔާލު ފާޅުކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމައްސަލާގައި އަދާލަތު ޕާޓީއިން ވަނީ އެޑިޔުކޭޝަން މިނިސްޓްރީއަށް މިމައްސަލާގައި ސިޓީއެއް ފޮނުވާފައެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ސޮއިކުރައްވާ ފޮނުވި ސިޓީގައި މޫނުބުރުގާ އަޅައިގެން ކިިޔަވައިދިނުން މަނާނުކުރުމަށް ވަނީ އެދިފައެވެ. އަދި މޫނުބުރުގާ އަޅައިގެން ކިޔަވައިދެވޭނެ މާހައުލެއް ގާއިމްކުރުމަކީ މިނިސްޓްރީއިން ކޮށްދޭންޖެހޭ ކަމެއްކަމަށް ވަނީ ބުނެފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޫނު ބުރުގާ އަޅާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ފެންމަތިވުމުން އޭރު އިދިކޮޅުގައި ތިިއްބެވި ބޭފުޅުން ވަނީ އެނިންމުންތަކަށް ފާޑު ވިދާޅުވެފައެވެ. ތައުލީމީ ދާއިރާއާއި އެނޫންވެސް ވަޒީފާތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ނުކުރެވުމާއި ރިޒޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ތުނބުޅި ނުބެހެއްޓޭކަމުގެ ޝަކުވާތައް އަބަދުވެސް ދިވެހިން އަންނަނީ ކުރަމުންނެވެ. މިވެރިކަމުގައި އެކަންކަމަށް ހައްލު ހޯއްދަވާދެއްވާނެކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: