ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޗެއާޕާސަންކަމަށް މަހުލޫފާއި، އަމްރު ވާދަ ކުރަނީ؟

އަމްރު އަދި މަހްލޫުފް
އަމްރު އަދި މަހްލޫފް:
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާ ޕާސަންގެ މަގާމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވާދަ ކުރައްވާކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.

އެމްޑީޕީން ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހު ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނެކަން އިއުލާނު ކުރައްވާފަ އެވެ. ޕާޓީގެ އާ ޗެއާޕާސަނެއް ނަގަނީ، އެ މަގާމުގައި މިވަގުތު ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ދައުރު ހަމަވާތީ އެވެ.

އެނގިފައިވާ ގޮތުން މި މަގާމަށް ވާދަކުރުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ، އަމްރު އާއި މަހުލޫފް އެކަންޏެވެ. އަދި ސޯޝަލް މީޑިއާގައި އެމްޑީޕީގެ މެމްބަރުން ގެންދަވަނީ މި ދެ ބޭފުޅުންނަށް ތައީދު އޮތްކަން ހާމަކޮށް ޓްވީޓު ކުރަމުންނެވެ.

އެމްޑީޕީގެ މަގާމަކަށް މަހުލޫފް ވާދަކުރައްވަން އުޅޭކަމުގެ ވާހަކަތައް ދެކެވުމުން، ޕާޓީގެ ތެރެއިން އޭނާއަށް ނުރުހުން ވެސް ވަނީ އަމާޒުވެފަ އެވެ. އެއީ މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވި ދުވަސްވަރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުގައި ދައުވާ އުފުލައި މައްސަލަ ކޯޓަށް ހުށަހަޅާފައިވާތީ އެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ މަތިއުތުރު ޕްރޮވިންސްގެ ރައީސަކަށް މަހުލޫފް ކުރިމަތިލުމުން ވެސް އޭނާއަށް ވާދަ ނުކުރެވޭ ގޮތް ހެދުމަށް އެމްޑީޕީގެ އެތެރެއިން މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެއީ އަސާސީ ގަވައިދުގައި ނުހިމެނި ގެނައި ބަދަލެއްކަމަށް ބުނެ މަހުލޫފްގެ ފަރާތުން ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި، އަދި އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުން އޭނާއަށް ވާދަކުރެވޭ ގޮތް ވީ އެވެ.

މީގެ އިތުރުން މަހުލޫފްގެ މައްޗަށް ދައުވާ އުފުލުމުން ވެސް މަގާމުގައި ހުންނެވުމުން، އޭނާ މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ އެތެރެއިން ވެސް ގޮވާލާފައި ވެއެވެ.

އަމްރު އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ ހުވަދޫ ޕްރޮވިންސްގެ ރައީސެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: