ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމް އިއްވުން އަވަސްކުރުމުން ދެދުވަހުން އެއްދުވަހު ރައީސް ޔާމީން ކޯޓަށް ހާޒިރުވާންޖެހޭތީ ޕީޕީއެމްގެ ކަންބޮޑުވުން

ރައީސް ޔާމީން މިނިވަންވެވަޑައިގަތީ ހުސްވި އަހަރު ފަހުކޮޅު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށުގެ މައްސަލާގައި ކޯޓުން ކަނޑައަޅާފައިވާ ތާވަލަށް ބަދަލު ގެނައުމުގެ ސަބަބުން ކުރިއަށް އޮތް 3 މަހެއްހާ ދުވަހު ދެދުވަހުން އެއްދުވަސް ރައީސް އަބްދުﷲ ޔާމީން ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ ކޯޓުގައިކަން ފާހަގަކޮށޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން ކުރިން ބުނި ތާރީހަށް ވުރެ ފަސް މަސް މިހާރު ވަނީ އަވަސްކޮށްފައެވެ. އަދި ކުރިން ނޮވެމްބަރު އިއްވަން އޮތް ހުކުމް މިހާރު ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު އިއްވާގޮތަށް ފަސްކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއިން އާންމުކުރި ބަޔާނުގައި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސަރުކާރާއި އެމްޑީޕީ ގުޅިގެން އުފައްދާފައިވާ ދެ ދައުވާގެ ޙުކުމް ކުރުމަށް ކްރިމިނަލް ކޯޓުން އެކުލަވާލާ ޢާންމުކޮށްފައިވާ ތާރީޚް އަވަސް ކުރުމަށް ނިންމާފައިވާތީ ޕާޓީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދެފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ ތާރީޚްތަކަށް، ދެފަރާތާއި މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު) އާއި މުޅިން ޚިލާފު ކަމެއްކަމަށް ޕާޓީއިން ބުނެއެވެ. މިހާރު އޮތް ގޮތުން ކުރިއަށް އޮތް 3 މަހެއްހާ ދުވަހު ކޮންމެ ދެދުވަހުން އެއްދުވަސް އެމަނިކުފާނު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މައްސަލައިގެ އަޑު އެހުންތަކުގައި ކޯޓުގައިކަމަށް ޕާޓީއިން ބުނެއެވެ. މިކަމަކީ ކަނޑައެޅިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ދިވެހި ރައްޔިތުން ސިފަކުރާކަމަށް ޕާޓީއިން ބުނެއެވެ.

ދާދި ފަހުން ސަރުކާރުގެ ވަޒީންނާއި މަޖިލީސް މެންބަރުންގެ އިތުރުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިިއްބަވާ އެމްޑީޕީ ގެ އެކްޓިވިސްޓުން ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގެ އިތުރުން ތަފާތު ފޯރަމް ތަކުގައި ވެސް ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލުގައި ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ވަރަށް އަވަހަށް ޖަލަށް ލާނެ ކަމަށާއި މީގެ އިތުރުންވެސް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކާ އެކަމަށް ބާރު އަޅާ މަސައްކަތް ކުރަމުން ގޮސްފައިވާކަން ޕާޓީއިންވެސް ފާހަގަކުރެއެވެ.

އެހެންކަމުން ދަށު ކޯޓުތަކާއި ހައި ކޯޓުގައި ހިނގާ މައްސަލަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ފަރާތުން ނުފޫޒު ފޯރުވާ އަތްބާނައިގެން ސަރުކާރާއި ޕާޓީއިން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ޕާޓީއިން ކުށްވެރިކުރާކަމަށް ވަނީ ބުނެފައެވެ. އަދި މި މައްސަލަ ކުރިއަށް ގެންދިއުމަށް އެކުލަވާލި ތާވަލަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ސާފުކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް ޕާޓީއިން ވަނީ ގޮވާލާފައެވެ.

އާރަށުގެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ އަންގާރަ ދުވަހު ބޭއްވުމަށް ފަހު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ޝަރީއަތުގެ ތާވަލެއް ދެއްވި އެވެ. އެ ތާވަލުގައި ވާގޮތުން ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ސެޕްޓެމްބަރު މަހާއި ހަމައަށް ކުރިޔަށްދާނެ އެވެ. އެއަށް ފަހު މައްސަލައިގެ ހުލާސާ ބަޔަން އޮކްޓޯބަރު މަހު އިއްވައި، ހުކުމް ކުރާނީ ނޮވެމްބަރު މަހު އެވެ. ނޫސްވެރިން ވެސް ބައިވެރިވި އެ ޝަރީއަތުގައި ގާޒީ ދެއްވި ތާވަލުގައި ހެކިން ބަލައިގަތުމާއި ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ދެ ފަރާތުގެ ވާހަކަތައް ކުރިޔަށް ގެންދާނެ ދުވަސްތައް ވެސް ހިމަނާފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ މައްސަލައިގެ ތާވަލަށް ކޯޓުން ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން، ޝަރީއަތުގެ މަޖިލީހުގައި ހާމަކުރި ތާވަލާއި ވަކީލުންނަށް ފޮނުވާފައިވާ ތާވަލުގައި ބޮޑު ބަަދަލެއްވާކަން ވަނީ ފާހަގަކޮށްފައެވެ. ސީދާ ޝަރޫއީ ނިޒާމަށް ނުފޫޒު ފޯރުވުންކަމަށާއި، ތާވަލަށް އެއްވެސް ބަދަލެއް ގެންނަކަމުގައި ވާނަމަ ވަކީލުންނާއި މަޝްވަރާ ކުރަންޖެހޭނެކަމަށް ގާނޫނު ބުނާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ދެކެވިފައިނުވާކަމަށް ވަކީލު ވިދާޅުވި އެވެ.

ރައީސް ޔާމީން ގޭބަންދުގައި ހުންނަވަނިކޮށް އެމަނިކުފާނު މިނިވަންވެޑައިގަތީ ހުސްވި ނޮވެމްބަރުގެ މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް ޔާމީނަކީ މިނިވަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ހުކުމްކުރުމާއެކު އިންޑިޔާ އައުޓް ކެމްޕެއިން އިތުރަށް ފުޅާކުރުމުގައި ރައީސް ޔާމީން ވަނީ އަމަލީގޮތުން ބައިވެރިވާން ފަށާފައެވެ. އެއާއެކު ސަރުކާރަށް ޕްރެޝަރާއި ކުރިމަތިލާންޖެހި އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ. އެހަރަކާތް ކުރިއަށްގެންދާކަމުގައިވާނަމަ ރައީސް ޔާމީން އަނެއްކާވެސް ޖަލަށްދާންޖެހިދާނެ ކަމުގެ އިންޒާރު އެމްޑީޕީ މެމްބަރުން އަންނަނީ ދެމުންނެވެ. އަދި އިންޑިޔާ އައުޓް ކެމްޕެއިން ކުރިއަށްގެންދާ މީހުންނަށް ޖަލު ހުކުމެއް އަންނަ ފަދަ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތްވެސް މިވަގުތު އެމްޑީޕީއިން އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: