ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާޝިދު މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރައްވައިފި

ކޮމަންޑޫ ދާއިރާގެ އައު މެމްބަރު ހުވާ ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އަލަށް އިންތިހާބު ވެވަޑައިގެންނެވި މެމްބަރު މުހައްމަދު ރާޝިދު މެމްބަރު ކަމުގެ ހުވާ  ކުރައްވައިފިއެވެ.

ރާޝިދު ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރައީސް މުހައްމަދު ނަޝީދު ކުރިފުޅުމަތީގައެވެ. މެމްބަރުކަމުގެ ޤާނޫނީ ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ހުވާކުރެއްވުމަށްފަހު ރާޝިދުވަނީ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އަދި ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު ކަމާއި ރަސްމީ ގޮތުން ހަވާލުވުމާއި ގުޅިގެން މެމްބަރުން އެކަމަށް  ރާޝިދަށް މަރުހަބާ ދަންނެވިއެވެ. އަދި ހުވާ ކުރެއްވުމަށް ފަހު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމަންޑޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ރާޝިދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ ކުރިން އެދާއިރާ ފުރުއްވި މެމްބަރ އަލްމަރުހޫމް ހުސައިން ވަހީދު  ކެންސަރުގެ އާލަސްކަންފުޅެއްގައި މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އަވަހާރަވުމާއި ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދު ކާމިޔާބު ކުރެއްވީ 1401 ވޯޓުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި  އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނު އިދުރީސް އާއި ވާދަކުރައްވައިގެންނެވެ. ފަތުހީ އިންތިހާބުގައި 1161 ވޯޓް ހޯއްދެވިއިރު ހަންނާނަށް ލިބިވަޑައިގެންނެވީ 323 ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ބާއްވާފައިވަނީ މިފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: