ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ފޭދޫ ބަނދަރު ނެރު ފުންކުރުމުގެ 66 އިންސައްތަ މަސައްކަތް ނިމިފައި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި ފޭދޫ ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ ދަށުން އައު ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ނެރު ފުންކުރުމުގެ 66 މަސައްކަތް ނިމިފައިވާކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ،

މި މަޝްރޫގެ ދަަށުން 27.500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 276 އެއްގަމު ސަރަހައްދެއްގެ އެއްގަމު ތޮށިލުން ހިމެނެއެވެ. މީގެ އިތުރުން 90 ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ، 378 އަކަ މީޓަރުގެ ސަރަހައްދެއްގެ ބޭރުތޯށި ލުމައްވެސް ވަނީ ހަމަޖެހިފކަންވެސްއެ ކުންފުނިންވަނީ ބުނެފައެވެ.

1380މީގެ އިތުރުން 1380 އަކަމީޓަރުގެ ސަރަހައްދެއްގާއި ހާބަރ ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫއުގެ އަގަކީ 33.1 މިލިޔަން ރުފިޔާއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: