ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރަނީ!

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު / ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކުރިޔަށް އޮތް ފަސް އަހަރުގެ ޗެއާޕާސަނަކަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަ ކުރެއްވުމަށް ނިންމަވައިފި އެވެ.

ޝާހިދާއި އެކު މި މަގާމަށް ދެން ވާދަ ކުރެއްވުމަށް ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އެސްޓީއޯގެ މެނޭނިން ޑިރެކްޓަރު ހުސެއިން އަމްރެެވެ. މީގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ޗެއާޕާސަނަކަށް ވާދަ ކުރައްވަކަމަށް މައުލޫމާތު ލިބެ އެވެ.

އެމްޑީޕީއަށް އާ ޗެއާޕާސަނެއް ނަގަނީ އެ މަގާމުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ދައުރު ހަމަވާތީ އެވެ.

މިރޭ ބާއްވާ ގައުމީ މަޖިލީހުގެ އިންތިހާބުގައި، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ އެވެ.

މި މަގާމަށް ޝާހިދު ވާދަ ކުރައްވާއިރު، އެއީ މިހާރު ވެސް ގިނަ މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އެޅުވިފައިވާ ބޭފުޅެކެވެ. ހާއްސަކޮށް އދ ގެ އާއްމު މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ މަސައްކަތްތައް ކުރިޔަށް ގެންދަވަން ޖެހެނީ ރާއްޖެއިން ބޭރުގައި ހުންނަވައިގެންނެވެ. އަދި ފޮރިން މިނިސްޓަރުގެ ޒިންމާތައް ރަނގަޅަށް އަދާ ނުކުރެވޭކަމުގެ ނުރުހުން ވެސް އޮވެ އެވެ.

ޝާހިދަކީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގެވި، ޑީއާރުޕީގައި ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޝާހިދު އެމްޑީޕީއާއި ގުޅިވަޑައިގަތީ، އެ ޕާޓީ ދެ ފެކްޝަނަކަށް ބެހި އުފެދުނު ބޮޑު ކޯޅުންގަނޑެއްގެ ތެރެއިންނެވެ.

އޭގެ ސަބަބުން ޝާހިދާއި، މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފަދަ ބޭފުޅުން އެއީ އަސްލު އެމްޑީޕީ ނޫންކަމަށް ބުނެ ”ޑީއާރުޕީ ފެކްޝަން“ ގެ ނަމުން ބަހުގެ ހަމަލާތައް ބައެއް އެމްޑީޕީގެ މެމްބަރުން އަމާޒުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: