ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު ކޯޓަށް ގިނަ އަދަދެއްގެ މައްސަލަ ހުށަހަޅައި، ނިމިފައިވޭ!

ޕީޖީ ޙުސެއިން ޝަމީމް. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ޖަނަވަރީ މަހު ރާއްޖޭގެ ހުރިހާ ކޯޓުތައް ހިމެނޭހެން 159 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ހުށައެޅި 169 މައްސަލައެއް ނިމިފައިވާ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ތަފާސް ހިސާބު ހާމަކުރެއްވުމަށް އޭނާގެ އަމިއްލަ ވެބްސައިޓްގައި ހާމަ ކުރައްވަމުންނެވެ.

ޝަމީމް ލިޔުއްވާފައިވާ މި ލިޔުމުގައި ކޯޓުތަކަށް ހުށައެޅުނު މައްސަލައިގެ އަދަދާއި މައްސަލަ ހުށައެޅުނު ކޯޓު ހިމަނާފައިވެއެވެ.

އޭގެ ތެރެއިން %58 މައްސަލައަކީ ޑްރަގް ކޯޓުން (98) ނިންމެވި މައްސަލަތަކެވެ. ޑްރަގް ކޯޓަކީ މައްސަލައިގެ މައުޟޫޢަށް ވާހަކަ ދައްކާ ކޯޓެއް ނޫން ކަމަށާއި  ޑްރަގް ކޯޓުގެ ދޮރުން ވަދެވެނީ  މައްސަލައިގައި އިޢުތިރާފުވާ މީހުންނަށް އެކަނިކަން ވެސް ފާހަގަކޮށްފައިވެއެވެ.

ބާކީ އޮތް %42 (71 މައްސަލަ) ގެ ތެރެއިން %15 (26 މައްސަލަ) ކްރިމިނަލް ކޯޓުން ނިންމި ކަމުގައި ވެސް އެލިޔުމުގައި ޕީޖީ ހާމަ ކުރައްވާފައިވެއެވެ.

އަދި މީގެ އިތުރުން ވެސް ޑްރަގް ކޯޓު ފިޔަވައި، އެހެނިހެން ކޯޓުތަކުން ނިންމެވި މައްސަލަތަކުގެ ތެރެއިން %69 މައްސަލަ ސާބިތުވިއެވެ. އޭގެތެރޭގައި މައްސަލަ ސާބިތު ނުވާ %24 ހިމެނެއެވެ. %7 މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް   ނިންމާފައިވާއިރު ސާބިތުވެގެން ނިމުނު މައްސަލަތަކުގެ ތެރޭގައި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ 2 މައްސަލައެއް ހިމެނެއެވެ. އެއީ، ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުން 4 ޖަނަވަރީގައި ނިންމެވި މައްސަލައަކާއި ކްރިމިނަލް ކޯޓުން 31 ޖަނަވަރީ ގައި ނިންމެވި މައްސަލައެވެ. މަދަނީ މިންގަނޑުން ނުބެލޭނެކަމަށް، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުން، 26 ޖަނަވަރީގައި ނިންމެވި މިބާވަތުގެ މައްސަލައެއް، މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އަދި މީގެ އިތުރުން މިދިޔަ މަހު ނިމުނު މައްސަލަތަކަކީ އެކި ދުވަސްވަރު ހުށައެޅިފައިވާ މައްސަލަ ތަކެއްކަން ވެސް ޕީޖީ ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: