ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑީވޯން ކެމެރާގެ ސަބަބުން ގެއްލިފައިވާ އިތުބާރު ފުލުހުންނަށް އަނބުރާ ލިބިގެންދާނެ: ސީޕީ

ބޮޑީވީން ކެމެރާ ފުލުހުން ބޭނުންކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ފަރާތުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމާއި އެކު އާންމު ފަރުދުންގެ މެދުގައި ޒަމާނުއްސުރެން ފުލުހުންގެ މުއައްސަސާއާއި މެދު ގެއްލިފައިވާ އިތުބާރު އަނބުރާ ލިބުމުގައި ހުރި ގޮންޖެހުންތައް ހައްލުވުމަށް މަގުފަހިވެގެން ދާނެއެވެ. މަންޒަރާއި އަޑު ރިކޯޑް ވާ ގޮތަށް ފުލުސް އޮފިސަރުގެ ގައިގައި ހަރުކުރެވިފައިވާ ކެމެރާގެ ސަބަބުން ކުށުގެ ވެށީގައި ފުލުހުން އަމަލު ކުރާގޮތް ހާމަވެ ދެފުށް ފެންނަ އިންސާފުވެރި ނިންމުމެއް ނިންމުމަށް ފަނޑިޔާރުގެއާއި ފުލުހުންގެ އަމަލުތަކަށް ފާރަވެރިވާ އެއްފަރާތް ކަމުގައި ވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމީ ޝައްކެތް ނެތް މިންވަރަށް ޔަގީންވާ ކަމެކެވެ.

މިކަމަށް އަލިއަޅުއްވާލައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ވައިރަލްވާ ފުލުހުންގެ މައްސަލަތަކާއި ގުޅޭ ވީޑިއޯތަކުގައި ހަމައެކަނި ފެނިގެންދަނީ މަންޒަރުގެ އެއް ފަރާތް ކަމަށާއި ފުލުސްމީހާގެ ނަޒަރުން ކަން ހިނގާފައިވާ ގޮތް ފެންނަން ނުހުންނަ ކަމަށެވެ. ނަމަވެސް ބޮޑީވޯން ކެމެރާ ހަރުކޮށްގެން ފުލުހެއް ހުރިނަމަ އެ މަންޒަރު ރިކޯޑްކޮށްގެން އަލުން ފުލުސްމީހާގެ ނަޒަރުން ބަލައިލެވޭނެކަމުގައި ސީޕީ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ފުލުހުންނާއި މެދު އާންމުން ކުރާ އަސްލެއް ނެތް ޝަކުވާ ތަކަށް ނިމުމެއް އަންނާނެ ކަމުގައި ހަމީދު ވިދާޅުވިއެވެ.

ބޮޑީވޯން ކެމެރާގެ މިހިދުމަތް މިވަގުތު ފަށަނީ މާލެ އާއި އައްޑޫގައި އެކަނި ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި އިތުރު 1200 ކެމެރާ ހޯދުމަށް މަސައްކަތްކުރަމުންދާކަމުގައިވެސް ސީޕީ ހަމީދުވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ބޮޑީ ވޯން ކެމެރާގެ  ބޭނުންކުރާ ހާލާތް ތަކުގެ ތެރޭގައި ހިމެނެނީ  ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން  ނުވަތަ ތަހުގީގެއް ކުރާ ވަގުތުގައާއި އާންމު ފަރުދަކާ މުއާމަލާތްކުރާ ވަގުތުތަކުގައި ވީޑިއޯ ރިކޯޑް ކުރުން  ކަމަށެވެ. އަދި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށަނީ އެކަމަށް ކަނޑައަޅާ އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކަމުގައިވެސް ފުލުހުން މައުލޫމާތުދެއްވައެވެ.

ބޮޑީ ވޯން ކެމެރާތަކަކީ ބޮޑީ ވޯން ކެމެރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ ރިއަލް ޓައިމް އެލާރޓްސް އަދި ލައިވް ސްޓްރީމިންގ ގެ އިތުރުން ކެމެރާ ބޭނުންކުރާ އޮފިސަރެއްގެ ލައިވް ޖީޕީއެސް ގެ އެހީގައި ކޮމާންޑިންގ އޮފިސަރުންނަށް ރިއަލް ޓައިމްގައި ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައި ފުލުހުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: