ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު އިޤްތިސާދު ކުރަން ވިސްނާނަމަ 15 އިންސައްތަ ޕަސެންޓު ބިލުން ކުޑަކުރެވޭނެ: މުޣުނީ

ސްޓެލްކޯ މެނޭޖިންގް ދިރެކްޓަރ ހަސަން މުޢުނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުރައްޔިތުން ކަރަންޓް ބޭނުން ކުރުމުގައި ކަރަންޓް އިޤްތިސާދު ކުރަން ވިސްނާނަމަ %15 ޕަސަންޓް ބިލުން ކުޑަކުރެވިގެންދާނެކަން ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

ކަރަންޓު ބިލު ބޮޑުވާތީ، އެ ކަމަށް ސަމާލުވުމަށް ސްޓެލްކޯއިން “ސޭވް އެނަޖީ ކެންޕެއިން” އެއް ކުރިޔަށް ގެންދަން ނިންމައި މިއަދު އެކަން ވަނީ އިއުލާނުކޮށްފަ އެވެ.

އާންމުގެ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓު ބިލު ބޮޑުވާ ސަބަބު ނެގޭތީކަމަށާއި، މި އަހަރުގެ ހުނު މޫސުން ތެރޭގައި، އެންމެބޮޑަށް ކަރަންޓް އިޤްތިސާދު ކުރާ ފަރާތް ތަކުގެ މެދުގައި ޕްރޮމޯޝަންއެއް ބާއްވައި، އަދި މި  ގުރުއަތެއް ނެގުމަށް ނިންމާފައިވާކަމަށް މުޢުނީ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ރާވާފައި ބަހުރި އެކި ތަފާތު ގިނަ ކަންކަން. އޭގެ ތެރޭގައި އެންމެ ބޮޑަށް ކަރަންޓް އިޤްތިސާދުކުރާ ފަރާތްތަކުގެ ތެރޭގައި ޕްރޮމޯޝަނެއް ބައްވައި އަދި އެ ޕްރޮމޯޝަނުން ހޮވޭ ފަރާތަކަށް ފައިސާގެ އިނާމެއް ދިނުމާއި ހަމަ މިއާއި އެއްކޮށް އާންމުންނަށް މައުލޫމާތު ދިނުމުގެ ގޮތުން އެކި ވަސީލަތްތައް ބޭނުންކޮށްގެން ޗެނެލްތައް، ރޭޑިއޯ، އަދިވެސް ޝޯޝަލް މިޑިޔާގެ އެކި ޕްލެޓްފޯމްތައް ކްލަބުހައުސްއާއި އަދި އެހެނިހެން ޕްލެޓްފޯމްތަކެއް މެދުވެރިކޮށް އިންޓަރެކްޓިވް ޝެޝަންތަކެއް ގެނަވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ކެންޕެއިން ކުރިޔަށްގެންދާގޮތައް ޕްރޮޤްރާމ،ްތަކެއް ރޭވިފަ އެބަހުރި.” މުޣުނީ

ކަރަންޓްބިލް ބޮޑުވާ ސަބަބުތަކާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނަށް އެނގޭނަމަ ކުންފުންޏާއި ހަމައަށް އަންނަ ޝަކުވާތައް މަދުވާނެކަމަށް މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން ސްކޫލް ތަކުގައާއި ބެލެނިވެރިންނަށް މި މައުލޫމާތުތައް ހިއްސާކޮށް ކުޑަކުދިންގެ ހަވީރެއް އިންތިޒާމުކޮށް، ކަރަންޓް އިޤްތިސާދު ކުރާނެ އާ ގޮތެއް ދައްކަދޭ ފަރާތަކަށް ފައިސާގެ އިނާމު ހަމަޖެހިފައިވާކަން މުޣުނީ ފާހަގަ ކުރެއްވި އެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯގެ މާ ޓީވީީއިން އެކަމާ ގުޅޭ ތަފާތު ކްލިޕްތައް ފެނިގެންދާނެެކަމާއި، މާލޭގެ އެކި ސަރަހައްދުތަކުގަ ބިލް ބޯޑުތައް ހަރުކުރުމާއި އެކު އެކި ސަރަހައްދުތަކުގައި އިރުތު ސްކްރީންތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: