ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސްޓާރސް” ބްރޭންޑުގެ “ސްޕްރިންގ އަނިއަން” ބޭނުންކުރުމާއި ވިއްކުން ވަގުތީގޮތުން މަނާ ކޮށްފި

"ސްޓާރސް" ބްރޭންޑުގެ "ސްޕްރިންގ އަނިއަން" ބޭނުންކުރުމާއި ވިއްކުން ވަގުތީގޮތުން މަނާ ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

“ސްޓާރސް” ބްރޭންޑުގެ “ސްޕްރިންގ އަނިއަން” ބޭނުންކުރުމާއި ވިއްކުން ވަގުތީގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން (އެމްއެފްޑީއޭ) މަނާކޮށްފި އެވެ. 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބަޔާނެއް އާއްމުކޮށް ބުނީ “ސްޓާރސް” ބްރޭންޑުގެ “ސްޕްރިންގ އަނިއަން” އެ އޮތޯރިޓީއިން ވަކިގޮތެއް އަންގަންދެން ނުވިއްކުމާށާއި ބޭނުން ނުކުރުމަށް
އަންގާ ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ މިއީ ރައްކާތެރިކަމުގެ ގޮތުން ނެގި ފިޔަވަޅެއް ކަމަށެވެ.

މި އުފެއްދުމަކީ ނެދަލެންޑްސްގެ ކުންފުއްޏެއްކަމުގައިވާ “ގްލޯބަލް ގްރީން ޓިމް” އިން ރާއްޖެއަށް ހޯލްސޭލްކޮށްފައިވާ މިސްރުގެ އުފެއްދުމެކެވެ.

މީގެ އިތުރަށް ބަޔާނުގައި ވަނީ “ސްޓާސް” ބްރޭންޑަކީ ޕެސްޓިސައިޑްއިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމަށާއި އަދި ރާއްޖެ އެތެރެވެފައިވަނީ މި ބްރޭންޑްގެ “ސްޕްރިންގ އަނިއަން” ތަކެއް ކަމުގައެވެ.

އެމްއެފްޑީއޭ މި ހަބަރު ލިބިފައިވަނީ ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްގެ ފަރާތުންނެވެ.

މިކަން މިހެން ހިނގުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ހޯދުމަށް އެ އޮތޯރިޓީގެ ފަރާތުން މަސައްކަތް ކުރަމުން ގެންދާނެކަން ވަނީ ބަޔާނުގައި ފާހަގަ ކޮށްފައެވެ.

މި ކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ބޭނުންވާ ނަމަ އެ އޮޓޯރިޓީގެ ނަންބަރ 7603204 އާއި ގުޅައިގެން މައުލޫމާތު ލިބޭނެކަން އެމްއެފްޑީއޭއިން ފާހަގަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: