ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑީއޭގެ ފަރުވާ ނިންމާ މީހުން އެމްޓީސީސީގެ ވަޒީފާ ތަމްރީނު ޕްރޮގްރާމަށް!

އެންޑީއޭ އަދި އެމްޓީސީސީގެ ބައްދަލުވުން: ފޮޓޯ/އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުން ސަލާމަތްވުމުގެ ފަރުވާ ޕްރޮގްރާމް ނިންމުމަށް ފަހު މުޖުތަމައުއާ ގުޅޭ މީހުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ފަރާތުން ސޮއި ކުރެއްވީ ވަގުތީ ސީއީއޯ އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ހާލިދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ތިން އަހަރުގެ މުއްދަަތަކަށް ދިގުދެމިގެންދާނެ މި އެއްބަސްވުމަކީ އެންޑީއޭގެ ރިހެބިލިޓޭށަން ޕްރޮގުރާމު ފުރަހިމަކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އެންޑީއޭ އަދި އެމްޓީސީސީ ގުޅިގެން ހިނގާ ޕްރޮގްރާމެކެވެ.

މި އެއްބަސްވުމުގެ ދަށުން އެންޑީއޭގެ ރިހެބިލިޓޭށަން އަދި ރިއިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވެ ފުރިހަމަ ކުރާ ފަރާތްތަކަށް އެމްޓީސީސީ އާއި އެޕްރެންޓިސްއެއްގޮތަށް ގުޅުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. މިގޮތުގެ މަތިން ފުރުސަތުތައް ލިބިގެންދާނީ އެމްޓީސީސީގެ ވަޒީފާދޭ އުސޫލުތަކުގެ ތެރެއިން އެޕްރެންޓިސްޝިޕަށް ޝަރުތު ހަމަވެ، އެންޑީއޭއިން އެކުލަވާލައިގެން އެކުންފުންޏަށް ހުށައަޅާ ލިސްޓެއްގައި ހިމެނޭ މީހުންނަށެވެ.

މީގެ އިތުރުން މިފުރުސަތުގައި ބައިވެރިވާން ލިބޭ ފަރާތްތަކުގެ އުޅުމާއި އަހްލާގީ މިންގަނޑުތައް ބައްޓަންވެފައި ވާގޮތް އަދި މަސައްކަތުގެ ފެންވަރު ގާތުން ބަލަމަނުން ގެންދާނެއެވެ. އަދި މިކަންކަން ބަޔާންކޮށް ކޮންމެ މަހަކު އެމްޓީސީސީގެ ފަރާތުން އެންޑީއޭގެ ކަމާއި ބެހޭފަރާތްތަކަށް ރިޕޯޓެއް ހުށައަޅާނެއެވެ.

މި ފުރުސަތު ފަހިކުރުމުގައި އެމްޓީސީސީގެ އަމާޒަކީ ބައިވެރިވާ ފަރާތްތައް ތަމްރީންކޮށް މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހަދައި ނެރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: