ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ގާއިމުކުރަނީ

އެންޑީއޭގެ ސީއީއޯ ސީއީއޯ އިމާދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ އިން ނިންމައިފި އެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދިނުމަށް، އެ އޭޖެންސީ އިން ވަނީ  މަސްތުވާތަކެތީގެ ގާނޫނު: 17/2011 ގައި ބަޔާން ކުރާފަދަ، ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ޤާއިމުކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިކަމަށް ބުނިއެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތައް ރީހެބިލިޓޭޓް ކުރުމުގައި، އެ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފައި ވާކަން މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން އެ އޭޖެންސީއިން ފާހަގަކޮށްފައިވެއެވެ.

މި ޕްރޮގްރާމް ހިންގާ ސަރަހައްދުތަކުނެ އެއް ސަރަހައްދަކީ ލ. އަތޮޅެވެ. އެ އަތޮޅުގައި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް، ނޭޝަނަލް ޑްރަގް އޭޖެންސީ އިން ވަނީ މި މަހުގެ 24 އިން 28 އަށް އަތޮޅުގެ 11 ރަށަކަށް ދަތުރުކުރަށްވާފައެވެ. މިދަތުރުގައި ލ. ފޮނަދޫ، ގަން، މާވަށް، އިސްދޫ، ކަލައިދޫ، މާވަށް، ހިތަދޫ ، މުންޑޫ، ކުނަހަންދޫ، ގާދޫ އަދި މާބައިދޫއަށް ވަނީ ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށްފައެވެ.

އެންޑީއޭއިން ބުނި ގޮތުގައު މި ރަށްތަކަށް ކުރާ ދަތުރަށް ފަހު ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައަޅާނީ  އެ އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު އެވެ.

މިދިރާސާ ދަތުރުގައި އެން.ޑީ.އޭގެ ސީ.އީ.އޯ އިމާދް ސާލިޙް އަދި ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އިސްމާއިލް އިބްރާހީމް ބައިވެރިވެ ވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: