ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑީއޭއިން ދޭ ހިދުމަތްތަކަށާއި، ހިންގާ ޕްރޮގްރާމްތަކަށް ކުރިއެރުންތަކެއް!

އެންޑީއޭގެ ސީއީއޯ ސީއީއޯ އިމާދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ދެމުންގެންދާ ހިދުމަތްތަކަށާއި، އަދި ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށް އެންޑީއޭއިން ބުނެފިއެވެ.

މިއަދު އެންޑީއޭގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން އޭޖެންސީގެ ސީއީއޯ އިމާދު ސޯލިހް ވިދާޅުވީ މިހާރު ކުރިއަށްދަނީ ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް ނިންމާ އެތަނުން ހިދުމަތް ދިނުމުގެ މަސައްކަތްކަމަށެވެ. އަދި އޭގެ އިތުރަށް ކ ހިންމަފުށީގައި އެންޑީއޭގެ ފަރާތުން ފޯރުކޮށްދެމުން އައި އަންހެނުންގެ ރިހިބިލިޓޭޝާން ސާވީސް މިހާރު ވަނީ ހާފްވޭ ހައުސްގެ ތެރޭގައި ގާއިމްކުރެވުނު ސެންޓަރަށް ބަދަލުކުރެވިފައިކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން 6 ކްލައިންޓުން ހިދުމަތް ހޯދަމުން އަންކަމަށް އިމާދު ފާހަގަކުރެއްވިއެވެ.

އެ ހިދުމަތް ވަރަށް ރަނގަޅަށް ކްލައިންޓުންގެ ހިތްހަމަޖެހުމާއި އެކީގައި ކުރިއަށްދާކަން އަޅުގަނޑު ފާހަގަކުރަން.

މި ޕްރާގްރާމްގެ ދަށުން ދޭ ހިދުމަތުގެ ތެރެއިން ވަރަށް އުނދަގޫ ކޭސްތަކާއިވެސް ކުރިމަތިލާންޖެހޭކަމަށް ފާހަގަކުރައްވާ އިމާދު ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ފާހަގަކުރެއްވީ އައްޑޫ ހުޅުމީދޫގައި މި ސަރުކާރުން ގާއިމްކުރި ވިލުނު ސެންޓަރެވެ. އަދި ވިދާޅުވީ މިއީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ޒަމާނީ ވިސްނުމަކާއިއެކީގައި ބިނާކުރެވުނު އިންފްރާސްޓްރަކްޗާރެއްކަމަށެވެ. އަދި މިއީ އިންޑިއާ ސަރުކާރުގެ އެހީއާއިއެކު ގާއިމްކުރެވިގެންދިޔަ ސެންޓަރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ސެންޓަރު ތަރައްގީކޮށް، ތައާރަފުކުރަންޖެހޭ ހިދުމަތްތައް ތައާރަފުކުރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ އެގޮތުން، ޑިޓޮކްސިފިކޭޝާންއަށް ނަގަމުންދިޔަ 5 ކްލައިންޓުގެ ބަދަލުގައި 30 ކްލައިންޓުންނަށް ޖާގަ އިތުރުކުރެވިފައިވާކަމަށެވެ. އަދި އެއާއިއެކުއެކީގައި މުޅި އަލަށް މެތަޑޯން ޑިސްޕެންސްކުރުމުގެ ޕްރޮގްރާމް މިއަދު ވަނީ ފަށާފައިކަމަށް އިމާދު ވިދާޅުވިއެވެ. ވެއިޓް ލިސްޓުކުރެވިފައިވާ ފަރާތްތަކަށް މި ހިދުމަތުގައި މިހާރު ބައިވެރިވެވޭނެކަމަށް ފާހަގަކުރައްވާ އިމާދު ވިދާޅުވީ، ހިތަދޫގައި ހުރި ރިހިބިލިޓޭޝަން ސެންޓަރު މިދިޔަ އަހަރުގެ ޖުލައިގައި އެ ރަށު ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު މެދު ކަނޑާލި ޑިޓޮކްސިފިކޭޝާންގެ ޕްރޮގްރާމް މި ހަފްތާގެ ބުރާސްފަތި ދުވަހު އަލުން ފަށާނެކަމަށެވެ.

އެގޮތުން ކޮންމެ ބެޗެއްގައި 15 ކްލައިޓޫން ޑިޓޮކްސްކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފުރުސަތު ލިބިގެންދާނެ. އޭގެ ކުރީގައި އެވެރެޖް ގޮތެއްގައި 5 ނުވަތަ 6 ކްލައިޓުން ނަގަމުން ދިޔަ ކުރީގަ ސާވީސް ދިން އިރުގައިވެސް

ކ ގުޅީ ސެންޓަރުގައި ކުރިއަށް ގެންގޮސް ކުރިމަތިވީ ދަތިތަކުގެ ސަބަބުން މެދުކަނޑާލި ޑިޓޮކްސިފިކޭޝަން ޕްރޮގްރާމް މިހާރު ވަނީ ކ ހިންމަފުށީގައި ހުހަށް ހުރި ސެންޓަރުގައި ފަށާފައިކަމަށާއި އަދި އެ ކްލައިންއިޓުންވެސް ވަނީ އެ ސެންޓަރަށް ބަދަލުކުރެވިފައިކަމަށް އިމާދު ވިދާޅުވިއެވެ. ހަފްތާއަކު 21 ކްލައިޓުންނަށް އެ ހިދުމަތް ދެވިގެންދާނެކަމަށް އިމާދު ފާހަގަކުރެއްވިއެވެ.

އިމާދު ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ފަރުވާގެ ނިޒާމަކީ އަތޮޅުތެރޭގައި ހުރި ސިއްހީ މަރުކަޒުތަކާއި ގުޅިގހެން ކުރިއަށްގެންދަން ބޭނުންވާ ޕްރޮގްރާމެއްކަމަށާއި، މިއަހަރުގެ ތެރޭގައި ހާއްސަ 5 ސަރަހައްދެއްގައި މި ޕްރޮގްރާމްވެސް ފެށިގެންދާނެކަމަށެވެ. އެގޮތުން ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މި މަހުގެ 26 ވަނަ ދުވަހު މި ޕްރޮގްރާމް ފުރަތަމަ ފަހަރަށް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އިމާދު ފާހަގަކުރެއްވި ގޮތުގައި މިކަމަށް ބޭނުންވާ ކްލައިޓުން ދެނެގަތުމުގެ އެސެސްމެންޓު ހެދުމުގެ މަސައްކަަތުގައި މިހާރު ކުޅުދުއްފުށީގައި އެންޑީއޭގެ 6 މުވައްޒަފަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: