ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މަސްތުގެ ވަބާގައި ތިބި މީހުންނަށް އޮތީ މިގޮތްބާ؟

މީޑިއާތައް ބައިވެރިކޮށްގެން މިދިޔަ ނޮވެމްބަރު މަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ އާބާދީގެ 40 އިންސައްތައަކީ ޒުވާނުންނެވެ. ކޮންމެ ގައުމެއްގެވެސް އެންމެ އަގުބޮޑު ރައުސުލްމާލަކަށް އެގައުމެއްގެ ޒުވާނުން ވާނެކަމީ ޝައްކެއް ނެތް ކަމެކެވެ. ޒުވާނުން ކުރާ މަސައްކަތުން ގައުމު ތަރައްގީވެ ކުރިއަރައި ދިއުން ވާއިރ،ު ގައުމުގެ މުސްތަގުބަލާއި މެދު ކުރެވޭ އުންމީދުތަކުގެ ހަގީގީ މޭސްތިރިންނަކީވެސް އެގައުމެއްގެ ޒުވާނުންނެވެ.

އެހެންނަމަވެސް މިއަދުގެ މިމުޖުތަމައުއިން ފެނިގެންދަނީ ބަލަން ފަސޭހަ މަންޒަރުތަކެއް ނޫނެވެ. ރާއްޖޭގެ ގިނަ ޒުވާނުން ވަނީީ، ސަލާމަތްވުން އުނދަގޫ، ގެއްލުން ބޮޑު ވަބާއެއްގައެވެ. ޒުވާނުން އެކަންޏެއްވެސް ނޫނެވެ. އެކި އުމުރުފުރައިގެ އެކި މީހުންވެސް ވަނީ މިވަބާގައި ޖެހިފައެވެ. އެއީ އެވަބާއަކަށް ދާން ފަސޭހަވި ނަމަވެސް އެނބުރި އައުން އުނދަގޫ ވަބާއެކެވެ. މަސްތުގެ ވަބާއެވެ.

މަސްތުވާތަކެތީގެ ވަބާގައި އެކި މީހުން ޖެހެނީ އެކި ގޮތްގޮތަށްށެވެ. އެއްބަޔަކު އެބަޔަކަށް ޖެހިފައިވާ ހިތާމައެއްގެ ސަބަބުން އެކަމުގެ ތެރެއަށް ވަންނައިރު، އަނެއްބަޔަކު މަސްތުވުން އިހުތިޔާރުކުރަނީ މަޖަލާއި ސަކަރާތަށްށެވެ.

ކޮންމެ ގޮތަކަށް މަސްތުގައި ޖެހުނަސް، މަސްތުން ސަލާމަތްވެ، ސަލާމަތުގެ އައްސޭރިއަށް ދިއުމަށް ބޭނުންވާ ގިނަ ބަޔަކު ރާއްޖޭގެ މިމުޖުތަމައުގައިވެސް އުޅެއެވެ. މިފަދަ އެއް ފަރާތަކާއި ސަންގުން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ވަނީ އޭނާއަށް ޖެހިފައިވާ މަސްތުގެ ވަބާއިން ސަލާމަތްވުމަށްޓަކައި ކުރަމުން ގެންދިޔަ މަސައްކަތްތައް ހިއްސާކޮށްފައެވެ.

މިގޮތުން އޭނާ މަސްތުން އަރައިގަތުމަށް ނެޝަނަލް ޑްރަގް އޭޖެންސީ(އެންޑީއޭ) އަށް ގުޅިނަމަވެސް ކޮވިޑާއި ގުޅިގެން ވަކި ޖިންސަކަށް ފަރުވާ ނުދެވޭކަމަށް އެންޑީއޭއިން ބުނިކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ކުރު މުއްދަތަކަށް ނަމަވެސް ފަރުވާ ދިނުމަށް އެދުމުން ސާފު އިބާރާތުން ފަރުވާ ނުދެވޭނެކަމަށް ބުނެފައިވާކަމަށް އޭނާ ބުނެއެވެ.

މިކަން ހައްލުކުރުމަށްޓަކައި މީގެކުރިން ދެކެވުނު ވާހަކަތަކަަކީ ދެހާސްއެގާރަ ވަނަ އަހަރު ވުޖޫދުވި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އުފެދުނު އެންޑީއޭއިން މީގެ އަހަރުތަކެއް ކުރިން އަންހެނުންނަށާއި ކުޑަކުދިންނަށް ހާއްސަ ޔުނިޓެއް އެކުލަވާލާ ވާހަކަތަކެކެވެ.

މިކަމާއި ގުޅިގެން އެންޑީއޭގެ ލީގަލްް އޮފީސަރގެ މަގާމު ފުރުއްވަމުން ގެންދަވާ އަހުމަދު ހިލްމީ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުންވެސް ނުކުރާ އާއިލާއަށް އާއިލާއަށް ނުވާކަމަށެވެ. އަދި މިހެން މިކަން ވާއިރު، މުޅި ރާއްޖޭގެ ނިސްބަތުން މުޅި އާބާދީއަށް ފަރުވާދެވޭވަރަށް ކެޕޭސިޓީ ނެތްކަމަށާއި، އެގޮތުން ބަލާއިރު އެންޑީއޭ ވަނީ ފަހަތުގައިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިސަބަބާއިހުރެ އަތޮޅުތެރޭގެ ރަށްރަށުގައި ފަރުވާދޭ ސެންޓަރުތައް ގާއިމުކުރެވުނުނަމަވެސް، އެސެންޓަރުތަކުން ފަރުވާ ފޯރުކޮށްދެނީ އާބާދީގެ ނިސްބަތަށް ބަލާފައިކަމަށް ހިމްލީ ވިދާޅުވިއެވެ.

ހަމައެހެންމެ، ނުސީދާކޮށް ޖެންޑާ މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ނަމަވެސް، އެންޑީއޭ މަސައްކަތް ކުރަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އެވެ.

މިކަން މިހެން ވާއިރު، ސުވާލަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށް ސަރުކާރުން ދޭ އެހީތަކަކީ ކޮބައިތޯއެވެ. މުޅި ޖީލު މަސްތުގެ ހާލަތުގައި ޖެހި މުޖުތަމައު ހަލާކުވެގެންދާއިރުވެސް ސަރުކާރުން އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތީތޯއެވެ. މަސްތުގެ ހާލުގައި ތިބި މީހުންނަށް ސަލާމަތުގެ އައްސޭރިއަށް ގެންދެވެން ސަރުކާރުން ނުކުޅެދެނީތޯއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 38%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: