ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް އެޖެންސީގެ މަސައްކަތް ކުރަންވީ ގޮތް ރަނގަޅަށް އެނގިފައެއް ނެތް: ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް އެޖެންސީގެ މަސައްކަތްތައް ހިންގަންވީ ގޮތާއި ގުޅޭގޮތުން މިހާތަނަށް އައިއިރު ރަނގަޅު ދިޜާސާތަކެއް ކުރެވިފައި ނެތް ކަމަށާއި އެމަސައްކަތް ކުރަންވީ ގޮތް މިހާތަނަށް އައިއިރު ދެނެގަނެވިފައި ނެތްކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މިނިސްޓަރ ނަސީމް ވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ހިންގުމާއި ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކާއި އަދި އެެޖެންސީގެ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މިނިސްޓަރ މަޖިލީހަށް ހާޒރުވެވަޑައިގެންފައިވަނީ އެންޑީއޭ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކުލަވާލި އެންޑީއޭގެ ރިވިއު ޓީމުގެ މަސައްކަތްތަކުގެ ރިޕޯޓު ހިއްސާކުރުމަށެވެ.

މިމަސައްކަތަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށާއި ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން ނޫނީ ޑްރަގްގެ މައްސަލައަށް ހައްލެއް ހޯދުމަކީ ކުރެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންޑީއޭގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި އެންޑީއޭގެ ރިވިއު ޓީމެއް އެކުލަވާލިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިޓީމުގައި ހިމެނެނީ އެންޑީއޭގެ މުވައްޒަފުންނާއި ހެލްތް މިނިސްޓްރީގެ މުވައްޒަފުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މެއި 5ވަނަ ދުވަހު ޑްރަގް އެޖެންސީ ހެލްތް މިނިސްޓްރީގެ ދަށަށް ގެނެވުމާއެކު ޑްރަގް އެޖެންސީގެ ކަންކަން ރަނގަޅުކުރެވޭތޯ ބަލަމުންދާ ކަމަށެވެ. މިއެޖެންސީ ހިންގުމާއި ގުޅޭގޮތުން ރަނގަޅު ދިރާސާއެއް މިހާތަނަށް އައިއިރު ހަދާފައިނުވާތީ އެންމެ ފުރަތަމަ އެފަދަ ދިރާސާއެއްގެ މަސައްކަތް ފެށިކަމަށް ވިދާޅުވިއެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ އެޖެންސީ ހިންގުމަށް ރަނގަޅު އިމާރާތެއް ނެތްކަން ކަމަށާއި އިމާރާތަކީ އެއްވެސް ބަޔަކު މަސައްކަތެއް ކުރުމަށް ހެޔޮވާވަރުގެ ތަނެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އިމާރާތަކީ ކަތުރުފަނި ކައި ހަލާކުވެ، މީހުން އެތަނުގައި މަސައްކަތްކުރެވޭވަރުގެ ތަނެއް ނޫން. އެކަން ރަނގަޅުކުރެވޭތޯ ފުރަތަމަ ދުވަހުން ފަށައިގެން މަސައްކަތް ފަށައިފިން. އެއްވެސް އިތުރު ގޮތެއް ނެތިގެން މިހާރު އެހެން އިމާރާތެއް ކުއްޔަށް ނަގައިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާ ދެއްވައިފި” މިނިސްޓަރ ނަސީމް

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެންޑީއޭގެ މަސައްކަތްތައް ނުކުރެވި ނުވަތަ އެންޑީއޭ ގޯހުން ގޯހަށް ދިޔައީ ވަކި މީހެއްގެ އިހުމާލަކުން ނޫންކަމަށެވެ. އެންޑީއޭގެ މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށް ގެންދެވުމަށް އެކަށީގެންވާ މަސައްކަތެއް ޖުމްލަކޮށް ކުރެވިފައިނެތީ ކަމަށާއި އެފަދަ އުސޫލެއް ނުވަތަ ނިޒާމެއްވެސް ގާއިމްކުރެވިފައި ނެތްކަމަށެވެ. އެހެންކަމުން، ކަމާއި ގުޅުން ހުރި ހުރިހާ ބޭފުޅުންނާއި މިހާރު ބައްދަލުކޮށްފައިވާ ކަމަށާއި ހަރުދަނާ ނިޒާމެއް ގާއިމްކުރުމަކީ ކުރުން އެންމެ މުހިންމު ކަންތަކުގައި ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިނިޒާމް އެކުލަވާލުމުގައި އެންމެ މުހިންމު މަސައްކަތެއް ކުރެވޭނީ މަޖިލީހުގެ މެމްބަރުންނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިކަމާއި ގުޅުންހުރި ގާނޫނު ވަރަށް ބޮޑަށް ދިރާަސާކުރަންޖެހޭ ކަމަށެވެ. އަދި ގާނޫނަށް އިސްލާހުތައް ގެނައުމާއެކު އެންޑީއޭގެ ހިންގުން ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިވަގުތުވެސް ފަރުވާ ހޯދަމުންދާ 3000އެއްހާ މީހުން ތިބިއިރު، ފަރުވާ ނިންމާލުމަށްފަހު މުޖުތަމައުއަށް ދޫކޮށްލުމަކީ ކުރުން އެންމެ އުނދަގޫ އެއް ކަންތަކުގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

“ފަރުވާ ނިންމާލުމަށްފަހު އަލުން މުޖުތަމައުއަށް ދޫކޮށްލާއިރަށް އެމާހައުލަށް އަނބުރާ އެބަދޭ” މިނިސްޓަރ ނަސީމް

އެންޑީއޭގެ މަސައްކަތްތައް ކުރެވެމުން ނުދާކަމަށް ބުނެ އެންޑީއޭ ބަދަލުކުރުމަށްގޮވާލާ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެންޑީއޭގައި އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭނެ ނިޒާމެއް އަދި ބޭސްފަރުވާވެސް ފޯރުކޮށްދެވެން ނެތުމާއެކު، ގިނަ އަދަދެއްގެ މީހުންނަށް އިހުމާލުވެފައިވާކަމަށް ބުނެ އެންޑީއޭއަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: